މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ބޭސް ކްލިއަރ ކުރުމަށް އެދި ހުށަހަޅުއްވާ އިންވޮއިސްއާ ބެހޭ

ވިޔަފާރީގެ ގޮތުގައި ރާއްޖެ އެތެރެކުރާ ބޭސް ކްލިއަރ ކުރުމަށް އެދި ހުށައަޅުއްވާ އިންވޮއިސްގައި ތިރީގައިވާ މަޢުލޫމާތު ހިމަނާފައި އޮންނަން ވާނެއެވެ.

  1. ބޭހުގެ ޖެނެރިކް ނަމާއި ބްރޭންޑް ނަން
  2. ބޭހުގެ ޑޯސޭޖް ފޯމު
  3. ބޭހުގެ ސްޓްރެންތް
  4. ބޭސް އުފެއްދި ކުންފުނި އަދި ޤައުމު
  5. ބޭހުގެ އަގު  ޔޫއެސް ޑޮލަރުން(@).

01 ނޮވެންބަރު 2013 ފެށިގެން ދެންނެވިފައިވާ މަޢުލޫމާތު ފުރިހަމަ ނުވާ އިންވޮއިސް މިއޮތޯރިޓީއިން ބަލައިނުގަންނާނެ ކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އިތުރު މަޢުލޫމާތު މިއޮތޯރިޓީގެ ނަންބަރު 3014322 އިން  ލިބިވަޑައިގަންނަވާނެއެވެ.

13 ޛުލްޤަޢިދާ 1434

19 ސެޕްޓެންބަރު 2013
ހޯދާ