ޕޮލިސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
އީ-ކައުންޓަރުގެ ޚިދުމަތް ދިނުމާބެހޭ

މި ކޮމިޝަނަށް މައްސަލަ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުގެ ތެރެއިން އިންޓަރނެޓް މެދުވެރިކޮށް މައްސަލަ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، އެން.ސީ.އައި.ޓީ (ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ)އިން ފޯރުވައިދެއްވާ ޚިދުމަތެއްކަމުގައިވާ "އީ-ކައުންޓަރ" މެދުވެރިކޮށް ކޮމިޝަނަށް މައްސަލަ ހުށަހެޅުއްވޭނޭ ގޮތް މިހާރު ހަމަޖެހިފައިވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އީ-ކައުންޓަރގެ ޚިދުމަތަކީ އެން.ސީ.އައި.ޓީގެ ފަރާތުން ފޯރުވައިދެއްވާ ޚިދުމަތަކަށްވާތީ، މި ޚިދުމަތް ލިބިދެވޭނީ އެން.ސީ.އައި.ޓީގެ ޕޮލިސީތަކާ އެއްގޮތަށެވެ. މިގޮތުން، އީ-ކައުންޓަރ މެދުވެރިކޮށް ލިބިދެވޭ އެހެން ޚިދުމަތްތަކެކޭ ވެސް އެއްފަދައިން، މި ޚިދުމަތް މެދުވެރިކޮށް މި ކޮމިޝަނަށް މައްސަލަ ހުށަހެޅުއްވުމަށްޓަކައި ވެސް އީ-ފާސް އެކައުންޓެއް ރަޖިސްޓަރީކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

އީ-ފާސް އެކައުންޓް ރެޖިސްޓަރީ ކުރެއްވުމަށް www.citizen.egov.mv/eFaas

އީ-ކައުންޓަރ މެދުވެރިކޮށް މައްސަލަ ހުށަހެޅުއްވުމަށް www.citizen.egov.mv/eCounter

މިކަމާ ބެހޭ އިތުރު މަޢުލޫމާތެއް ހޯއްދަވަން ބޭނުންފުޅުވާނަމަ 7924647 މި ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

18 ސެޕްޓެންބަރު 2013  

18 ސެޕްޓެންބަރު 2013
ހޯދާ