މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ބޭހުގެ ގޮތުގައި ބޭނުންކުރާ މަސްތުވާތަކެތި އަމިއްލަ ބޭނުމަށް ރާއްޖެއަށް އެތެރެ ކުރުމާ ބެހޭ

ޤާނޫނު ނަމްބަރު 2011/17 ގެ ޖަދުވަލު 2 ގައި ހިމެނޭ ބޭހުގެގޮތުގައި ހިމެނޭ މަސްތުވާތަކެތި އަމިއްލަ ބޭނުމަށް، ނުވަތަ ބޭސްފަރުވާއަށް ނުވަތަ ދަތުރުވެރިންގެ އަތުގައި ރާއްޖެއަށް އެތެރެ ކުރައްވާއިރު ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމުގައި ދަންނަވަމެވެ.

  1. ބޭސްކުރުމުގެ ހުއްދަ އޮތް ޑޮކްޓަރަކު ބަލިމީހާގެ ނަމުގައި ލިޔެދިންތާ 3 މަސްދުވަސް ހަމަނުވާ ބޭސްސިޓީ ގައި ބަލިމީހާގެ ނަން ، އުމުރު، ޖިންސު ، ޑައިގްނޯސިސް، ހިމެނޭ އަދި ޑޮކްޓަރުގެ،ނަމާއި ސޮއި، ރަޖިސްޓްރޭޝަން ނަމްބަރު،  އަދި ޑޮކްޓަރުގެ ސީލް ޖަހާފައިވާ ޞައްޙަ ބޭސްސިޓީ އެއް
  2. ބަލިމީހާގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑު، ލައިސަންސް ނުވަތަ ޕާސްޕޯޓުގެ ކޮޕީ
  3.  ދިގުމުއްދަތަކަށް ބޭސްކުރާ ފަރާތެއްނަމަ ބޭހާއެކު ބޭސްސިޓީއާއި އައި.ޑީ ކާޑުކޮޕީގެ އިތުރުން ބަލިމީހާގެ މެޑިކަލް ރެކޯޑްސް ހިމެނޭ ޑޮކްޓަރުގެ ލިޔުން

މިގޮތަށް އެތެރެކުރެވޭނީ ބޭސްސިޓީގައި  ހިމެނޭ ބޭސް ގިނަވެގެން 1 މަސްދުވަހަށް ބޭނުންވާ މިންވަރަށެވެ. ނަމަވެސް ދިގުމުއްދަތަކަށް ފަރުވާއަކަށް މިފަދަ ބޭހެއް ބޭނުންކުރާ ފަރާތަކަށް މަތީގައިވާ ލިޔުންތަކުގެ އިތުރުން، އެފަދަ ބޭހެއް ބޭނުން ކުރަންޖެހޭކަން ސާބިތުކޮށްދޭ މެޑިކަލް ރެކޯޑްސް ފަދަ ލިޔުން ހުށަހެޅުމުން 3 މަސްދުވަހުގެ ބޭސްދޫކުރެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.

13 ޛުލްޤަޢިދާ 1434 

19 ސެޕްޓެންބަރު 2013
ހޯދާ