ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މެޖިސްޓްރޭޓް ކޯޓްތަކަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ

މެޖިސްޓްރޭޓް ކޯޓްތަކަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ

 

        ވ.ޖުޑީޝަލްދާއިރާގެ މެޖިސްޓްރޭޓް ކޯޓްތަކުގެ ލިޔެކިޔުމަށް ބޭނުންވާ ތަކެއްޗާއި، ފޮޅާ ސާފުކުރުމަށް ބޭނުންވާ ތަކެތި ގަތުމަށް ބޭނުންވެގެން ކުރި މި ކޯޓުގެ ނަންބަރު: J03C/2017/01  ( 9 ޖެނުއަރީ 2017 ) އިޢްލާނާގުޅިގެން އެކަމަށް އެދި ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢްލާނު ބާޠިލުކޮށް އެތަކެތި ހޯދައިދޭނޭފަރާތެއް ހޯދުމަށް އަލުން އިޢްލާނުކުރަމެވެ.

        މިކަމާބެހޭ މަޢްލޫމާތު www.judiciary.gov.mv   އަދި www.courts.gov.mv   ވެބްސައިޓުން ލިބެންހުންނާނެއެވެ. މަސައްކަތާ ގުޅޭ މަޢްލޫމާތު ހޯއްދެވުމަށް ފޯނުން ނުވަތަ އީމެއިލްގެ ޒަރީޢާއިން 2017 ޖެނުއަރީ  23ވާ ހޯމަދުވަހުގެ ކޯޓް ބަންދުވުމުގެ ކުރިން މި ކޯޓުގެ ނަންބަރ: 6700730 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

  • އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 26 ޖެނުއަރީ 2017 
  • އަންދާސީހިސާބު ހުށަހަޅާ ގަޑި: 11:00
  • އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓް  

21 ރަބީޢުލް އާޚިރު 1438 ހ.

19 ޖަނަވަރީ 2017
ހޯދާ