ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނާއި ބެލެނިވެރިންގެ ސަމާލުކަމަށް

ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނާއި ބެލެނިވެރިންގެ ސަމާލުކަމަށް

މިސެންޓަރުގެ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންގެ ބެލެނިވެރިންނާއި މުދައްރިސުންގެ ބައްދަލުވުންތައް ތިރީގައި މިދަންނަވާ ގޮތަށް މިސެންޓަރުގައި އޮންނާނެއެވެ.

ގްރޭޑް 12 ގެ ދަރިވަރުންނަށް

2013 ސެޕްޓެންބަރު 23، 24، އަދި 25  (ހޯމަ، އަންގާރަ، ބުދަ) މިތިން ދުވަހުގެ ރޭގަނޑު 20:00 ން 21:30 އަށް

ގްރޭޑް 11 ގެ ދަރިވަރުންނަށް

2013 ސެޕްޓެންބަރު 23، 24، އަދި 25  (ހޯމަ، އަންގާރަ، ބުދަ) މިތިން ދުވަހުގެ މެންދުރު ފަހު 15:00 ން 16:30 އަށް

ވީމާ، ދަރިވަރުންނާއެކު ބެލެނިވެރިން ޓީޗަރުންނާއި ބައްދަލުކުރެއްވުމަށް ވަޑައިގެން ދެއްވުމަކީ މިސެންޓަރުގެ ވަރަށްބޮޑު އެދުމެކެވެ. މިބައްދަލު ވުމާ ބެހޭ އިތުރު މަޢްލޫމާތު ސްކޫލް ނޯޓިސް ބޯޑުގައި ބެހެއްޓިފައި ވާނެއެވެ. އަދި މީގެ އިތުރުން ބައްދަލުވުމާއި ބެހޭގޮތުން ދަރިވަރުންނަށް ސްލިޕްތައް ހަވާލު ކުރެވޭނޭ ވާހަކަވެސް ބެލެނިވެރިންގެ މަޢުލޫމާތައްޓަަކައި ދެންނެވީމެވެ.

10 ޛުލްޤަޢިދާ 1434

16 ސެޕްޓެންބަރު 2013
ހޯދާ