އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ޓީ ވީ ސަޕްލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޓީ ވީ ސަޕްލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލަށް ޓީ ވީ ސަޕްލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު AS-B/IU/2016/74 (21 ޑިސެންބަރު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލުކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2017 ޖަނަވަރީ 9 ވާ ހޯމަދުވަހުގެ 11:00 އަށް

12 ޖެނުއަރީ 2017 (ބުރާސްފަތި) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3325762, 3321346 ނަންބަރު ފޯނާއެވެ.

4 ރަބީޢުލްއާޚިރު 1438

02 ޖަނަވަރީ 2017
ހޯދާ