އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
މުޙައްމަދު އަމީން ސްކޮލަރޝިޕް – 2017 އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

މުޙައްމަދު އަމީން ސްކޮލަރޝިޕް – 2017 އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

2016 ޑިސެންބަރު 1 ގައި ކުރެވުނު މި ސްކޫލްގެ ނަންބަރު AS-A/IU/2016/70 އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އަލުން މި ފުރުސަތު ހުޅުވާލަމެވެ.  

މުޙައްމަދު އަމީން އެވޯޑަކީ، އަމީނިއްޔާ ސްކޫލްގެ ރަންޔޫބިލް ޙަރަކާތާ ގުޅިގެން އުފެދިފައިވާ ޓްރަސްޓް ފަންޑްގެ ދަށުން 1995 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖެތެރޭގެ ސްކޫލެއްގެ ގްރޭޑް 7 ނިންމާ އަންހެން ދަރިވަރަކަށް (1 ޖާގަ) މިސްކޫލްގެ ގްރޭޑް 8 ން 10 ނިމެންދެން ދިނުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕް އެކެވެ.

2017 ވަނަ އަހަރު މުޙައްމަދު އަމީން ސްކޮލަރޝިޕަށް އެދޭ ފަރާތްތަކުން އެކަމަށް އެދި 2017 ޖަނަވަރީ 08 ވާ އާދީއްތަ ދުވަހުގެ 13.00 ގެ ކުރިން މި ސްކޫލަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  • ދަރިވަރުގެ ފުރިހަމަ ނަމާއި މާލޭގެ އެޑްރެހާއި ގުޅޭނެ ފޯނު ނަންބަރެއް.
  • ބެލެނިވެރިޔާގެ ނަމާއި މާލޭގެ އެޑްރެހާއި ގުޅޭނެ ފޯނު ނަންބަރެއް.
  • ސިޓީއާއެކު ދަރިވަރުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ އުފަން ދުވަހުގެ ސެޓުފިކެޓުގެ އަސްލާއެކު ކޮޕީއަކާއި، 2016 ވަނަ އަހަރުގެ، ގްރޭޑް 7 ގެ ފަހުޓާމުގެ ސްކޫލް ރިޕޯޓު ފޯމުގެ އަސްލާއެކު ކޮޕީއެއް ހުށަހަޅަންވާނެއެވެ.

ޝަރުޠު

  1. 2016 ޖަނަވަރީ 1 އަށް 14 އަހަރު ނުފުރޭ ކުއްޖެއްކަމުގައިވުން.
  2. 2016 ވަނައަހަރު މާލެ/ ވިލިނގިލި /ހުޅުމާލެ ފިޔަވައި އެހެން ރަށެއްގެ ސްކޫލެއްގައި ދިރާސީ އަހަރު ގްރޭޑް 7 ގައި ނިންމި ކުއްޖަކަށްވުން.
  3. އަޚުލާޤު ރަނގަޅު ކުއްޖެއް ކަމުގައިވުން.
  4. 2016 ވަނަ އަހަރުގެ ފަހުޓާމްގެ ފައިނަލް އެވްރެޖް %75 ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.

ޝަރުތު ހަމަވާ ކުދިންގެ ލިސްޓެއް 2017 ޖަނަވަރީ 08 ވާ އާދީއްތަ ދުވަހުގެ 14.00 ގެ ފަހުން ސްކޫލް ނޯޓިސްބޯޑުގައި ބެހެއްޓޭނެއެވެ. މިކުދިންނަށް ދޭ އިމްތިޙާނު، ތިރީގައިވާ ގޮތަށް މި ސްކޫލްގައި އޮންނާނެއެވެ. މި އިމްތިޙާނުގެ ނަތީޖާ 2017 ޖަނަވަރީ 11 ވާ ބުދަދުވަހުގެ 12:00 ގެ ފަހުން ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

  • 2017 ޖަނަވަރީ 09 ވާ ހޯމަ ދުވަހުގެ ހެނދުނު 10.00 ގައި އިނގިރޭސި  (2 ގަޑިއިރު)
  • 2017 ޖަނަވަރީ 09 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2.00 ގައި ހިސާބު   (2 ގަޑިއިރު)
29 ޑިސެންބަރު 2016
ހޯދާ