ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަށަވަރު ދޯނި ދުއްވުން އެހެން ފަރާތަކާ ޙަވާލުކުރުން

އިޢުލާން

ކަށަވަރު ދޯނި ދުއްވުން އެހެން ފަރާތަކާއި ޙަވާލުކުރުން

މި ކައުންސިލާއެކު ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން ކަށަވަރު ދޯނި ދުއްވުން އެހެން ފަރާތަކާ 3 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ޙަވާލުކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ދޯނި ކުއްޔަށް ޙަވާލުކުރެވޭނީ ޕޮއިންޓް ދޭ އުސޫލުން އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

މިކަމަށް އެއްބަސްވުމަށް މި ކައުންސިލުން ނިންމާފައިވާ ކަންތައްތަކާއި، ޕޮއިންޓް ދިނުމަށް މި ކައުންސިލުން ނިންމާފައިވާ ކަންތައްތައް މި ކައުންސިލްގެ ކައުންޓަރުންނާއި، ރަށު ކައުންސިލްތަކުންނާއި، މި ކައުންސިލްގެ ވެބްސައިޓް www.vaav.gov.mv ން ލިބިވަޑައިގަންނަވާނެއެވެ. މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 1300 އަށް ޕްރޮޕޯސަލް ހިއްޕައިގެން ވަޑައިގެން ދެއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެކުރިން މި އިދާރާގެ [email protected] އަށް މެއިލްކުރައްވާ ޕްރޮޕޯސަލްތައްވެސް ބަލައިގަންނާނެ ވާހަކަ ދެންނެވީމެވެ.  މިކަމަށް ހުށަހަޅުއްވާ ޕްރޮޕޯސަލްގައި ތިރީގައި މިދަންނަވާ މައުލޫމާތު ހިމަނުއްވަންވާނެއެވެ.

1- ހުށަހަޅުއްވާ ކުލި

2- މަރާމާތުކުރުމުގެ ކަންތައް ކުރައްވާނެ ގޮތުގެ ތަފުސީލާއި ޚަރަދުގައި ހިއްސާވާނެ މިންވަރު

3- ދޯނި އެހެލުމުގެ ކަންތައް ކުރައްވާނެ ގޮތުގެ ތަފުސީލާއި ޚަރަދުގައި ހިއްސާވާނެ މިންވަރު

4- ދޯނި ތަރައްޤީކުރުމަށް ކުރައްވާނެ ކަންތައްތަކާއި އެކަމަށް ދާނެ ޚަރަދާއި އެ ޚަރަދުގައ ހިއްސާވާނެ މިންވަރު

5- ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ މަޢުލޫމާތާއި ވަނަވަރު

6- އަމިއްލަ ފަރާތެއް ނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

7- ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލްގެ ނަންބަރު 6700502 އާ ގުޅުއްވުން އެދެމެވެ. މިކަމާގުޅިގެން 2016 ޑިސެންބަރު 5 ގައި ކޮށްފައިވާ މި ކައުންސިލްގެ ނަންބަރު (IUL) 235-ADS/235/2016/26 އިޢުލާން ބާޠިލުވީއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ރަބީޢުލްއައްވަލް 1438 

26 ޑިސެންބަރު 2016
ހޯދާ