ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އިންޑޯ ކްރިކެޓްހޯލު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކުޅިވަރު އެކުވެނީގައި ހުންނަ އިންޑޯ ކްރިކެޓް ހޯލު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

މި ބޯޑުން ދޭ މަޢުލޫމާތާ އެއްގޮތަށް އިންޑޯ ކްރިކެޓް ހޯލްގެ ތަޅުންގަނޑުނަގައި، ދަށުގައިވާ ކޮންކްރީޓްގެ މަތީގައި ސެލްފް ލެވެލިންގ ކޮންކްރީޓެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 29 ވާ އަންގާރަދުވަހުގެ 16:30 އަށް މިބޯޑަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖަނަވަރީ 2 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ހޯދުމަށްޓަކައި 3325503 ނުވަތަ 7932726 ސާޒު ޙަބީބާ ގުޅުއްވުން އެދެމެވެ.

22 ޑިސެންބަރު 2016
ހޯދާ