މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
އައްޑޫ ސިޓީ މާމެންދޫ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތަކުގެ މައްސަލަ

އިޢުލާން

އައްޑޫސިޓީގެ މާމެންދޫ ސަރަޙައްދުން ދިރިއުޅުމަށް ގޯތި ދޫކުރުމަށްފަހު ސަރުކާރުގެ ބޭނުމަށް އެ ގޯތިތައް ނަގާފައިވާ މައްސަލައަށް ޢަދުލުވެރި ޙައްލެއް ގެނައުމަށް އެ ގޯތިތަކާބެހޭ މަޢުލޫމާތު އެއްކޮށް ދިރާސާތަކެއް މި އޮތޯރިޓީއިން މިހާރު ހަދަމުން އެބަގެންދަމެވެ.

އެހެންކަމުން، އައްޑޫސިޓީގެ މާމެންދޫ ސަރަޙައްދުން ގޯތިތައް ލިބުނުކަމަށް ރަސްމީކޮށް ލިޔުން ލިބިފައިވާ ފަރާތްތަކުން އެ ގޯތިތަކާގުޅޭ ތިރީގައި މިދަންނަ ވާފަދަ ލިޔުމެއް އެފަރާތްތަކަށް ލިބިފައިވާނަމަ، އެ ލިޔުމެއްގެ ކޮޕީ 2017 ފެބުރުވަރީ 28 ވާ އަންގާރަދުވަހު 13:00 ގެ ކުރިން މި އިޢުލާނުގައިވާ ގޮތުގެމަތީން ހުށަހެޅުއްވުން އެދެމެވެ.

  1. ގޯތި ޙަވާލުކުރިކަމުގެ ލިޔުން
  2. ރަސްމީ އިދާރާއަކުން ދީފައިވާ، އެ ސަރަޙައްދުން ގޯތި ލިބިފައިވާކަން އެނގޭ ފަދަ އެހެން ލިޔުމެއް.

ވީމާ، މިދެންނެވި ފަދަ ލިޔުމެއް އޮތްނަމަ އެ ލިޔުމަކާއެކު ގޯތީގެ ވެރިފަރާތާ ގުޅޭނެ ފޯނު ނަންބަރު އެނގޭގޮތަށް ސިޓީއަކުން، އައްޑޫ ސިޓީގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ލޭންޑް އެންޑް ބިލްޑިންގ ޑިޕާޓްމަންޓަށް، އަދި މާލޭގައިނަމަ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

18 ރަބީޢުލްއައްވަލް 1438

19 ޑިސެންބަރު 2016
ހޯދާ