ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މަރާމާތުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ 02 ވަނަ ފަންގިފިލާގައި ކުރަންހުރި ބައެއް މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރަން ބޭނުންވެގެން ކުރެވުނު މި ޑިޕާޓްމަންޓުގެ ނަންބަރު 198-E/2016/150 (08 ޑިސެންބަރު 2016) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އަންދާސީހިސާބުތައް ބާޠިލުކުރުމަށްފަހު އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

މިކަމާބެހޭ މަޢުލޫމާތު ޝީޓް މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.judiciary.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 2016 ޑިސެންބަރު 18 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ވިލިނގިލީ އަވަށުގައި ހުންނަ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 14:00 އަށް އަންދާސީހިސާބު މި ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ރަބީޢުލްއައްވަލް 1438

15 ޑިސެންބަރު 2016
ހޯދާ