ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ކޮމްޕިއުޓަރ ޓެކްނީޝަން 

މަޤާމުގެ ނަންބަރު:

J-285689

ބޭނުންވާ އަދަދު:             

1 (އެކެއް)

މަޤާމުގެ ރޭންކް:

އެމް، އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:                  

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ޢިނާޔަތްތައް: 

ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން:  

ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޝަން، އެޗް.އާރު އެންޑް އިންފޮމޭޝަން ޔުނިޓް

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު/ ތަޢުލީމާއި، ތަޖުރިބާތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ  މަސްއޫލިއްޔަތާއި ވާޖިބުތައް:

1. އަތޮޅު ކައުންސިލް އިދާރާގެ ޑޭޓާބޭސްތައް ބެލެހެއްޓުން.

2. ޑޭޓާ ބޭސް ސިސްޓަމްތަކުގެ ތެރެއިން މުވައްޒަފުންގެ ރެކޯޑް ބެލެހެއްޓުމާއި، ސުޕަވައިޒަރުގެ ލަފާގެމަތިން މުވައްޒަފުންގެ ކަންތައް ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.

3. ކޮމްޕިއުޓަރުތަކާއި އެއާ ގުޅުންހުރި ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.

4. އަތޮޅު ކައުންސިލް އިދާރާގެ ވެބްސައިޓުގެ ކަންތައްތަކާއި، އަތޮޅު ކައުންސިލް އިދާރާގެ ނެޓްވާރކްގެ ކަންތައްތައް ބެލެހެއްޓުން.

5. ކައުންސިލުން މޮނިޓަރކުރަންޖެހޭ ރަށު ކައުންސިލަތަކާއި މި ނޫންވެސް އިދާރާތައް މޮނިޓަރކޮށް، ފާހަގަކުރެވޭ ކަންކަން ކައުންސިލްގެ ސަމާލުކަމަށް ގެނައުން.

6. ކައުންސިލްގެ މަސައްކަތު ތާވަލް، ކައުންސިލްގެ މަޝްވަރާއާއެކު ގެންނަންޖެހޭ ބަދަލުތައް ގެނެސް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން.

7. ކައުންސިލް އިދާރާއަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް، ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް، ސުޕަވައިޒަރުގެ ލަފާއާއެކު ކުރުން.

8. އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ ވަޒީފާބަޔާނާއި ވަޒީފާގެ އެއްބަސްވުން ތައްޔާރުކޮށް، ޓާގެޓްތައް ކަނޑައަޅައި، ޓާގެޓްތައް ހަވާލުކުރަންޖެހޭ މުއްދަތަށް ހަވާލުކުރުން.

9. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ބޭނުންވާ މަޢުލޫމާތު ފޮނުވުމާއި، ކަމާގުޅޭ އެހެނިހެން މަސައްކަތްކުރުން.

10. މުވައްޒަފު ބަލަހައްޓާ ލިޔެކިޔުންތައް ފައިލްކުރުން.

11. މަތީގައިވާ ކަންކަމުގެ އިތުރުން، ކައުންސިލްގެ ރަސްމީ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ ކަންކަންކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:     

1. ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާ %50

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.  

3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް %34

އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލާއި، އިމްތިޙާނުކުރުން ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، އިޢުލާނުގެ މުއްތަދު ހަމަވާތާ ރަސްމީ 15 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޑިސެންބަރު 26 ވާ  ހޯމަދުވަހުގެ 13:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަށްޖެހޭ އެންމެހައި ލިޔުންތައް، ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

ޗުއްޓީ:

ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޗުއްޓީ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6700502  ނަންބަރު  ފޯނާއެވެ. ފެކްސް ނަންބަރަކީ، 6700715 އެވެ. އީ މެއިލް އެޑްރެހަކީ، [email protected] އެވެ.

14 ރަބީޢުލްއައްވަލް 1438

13 ޑިސެންބަރު 2016
ހޯދާ