ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނީލަންކިޔުން

އިޢުލާން

ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ބިމުގައިހުރި ރުއްގަސް ނީލަން ކިޔުން 2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 14:00 ގައި އެ ބިމުގައި އޮންނާނެއެވެ.  

ވީމާ، މި ނީލަމުގައި ބައިވެރިވެ ނީލަމުން ތަކެތި ނަގާ ފަރާތްތަކުން 2016 ޑިސެންބަރު 21 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ފައިސާ ދައްކައި، 2016 ޑިސެންބަރު 31 ވާ ހޮނިހިރުދުވަހުގެ ނިޔަލަށް، ނީލަމުން ނެގި ތަކެތި ބުޑުންކޮނެގެން ނަގައި ބިން ސާފުކުރަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ތަކެތި ކަނޑައި، ބިން ސާފުކޮށް، ތަކެތި ނުގެންގޮސްފިނަމަ، ކުރިޔަށްއޮތް 1 އަހަރުދުވަހުގެ ތެރޭގައި މި އިދާރާއިން ކިޔާ އެއްވެސް ނީލަމެއްގައި އެފަރާތަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

މި އިޢުލާނު ގެޒެޓްގައި ޖެހުމުން، މި އިދާރާގެ ނަންބަރު: 374-C/2016/83 (29 ނޮވެންބަރު 2016) އިޢުލާނު ބާޠިލުވީއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

13 ރަބީޢުލްއައްވަލް 1438

12 ޑިސެންބަރު 2016
ހޯދާ