މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަހިއްޔާ ޕްރީ-ސްކޫލްގައި މަތީ ތަޢުލީމުދޭ މަރުކަޒެއް ތަރައްޤީކުރުމާބެހޭ

އިޢުލާން

ބަހިއްޔާ ޕްރީ-ސްކޫލުގައި މަތީ ތަޢުލީމުދޭ މަރުކަޒެއް ތަރައްޤީކުރުމާބެހޭ

ބަހިއްޔާ ޕްރީ-ސްކޫލުގެ މަތީ ފްލޯރގައި މަތީ ތަޢުލީމު ދޭ މަރުކަޒެއް ތަރައްޤީކޮށް ހިންގަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި ދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން އޮންނާނީ މި އިދާރާގައެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވަންވާނީ، އެމީހަކާބެހޭ ފުރިހަމަ މަޢުލޫމާތު އެނގޭފަދަ ލިޔުމަކާ އެކުގައެވެ. ކުންފުންޏަކުން ނަމަ، އެމީހަކީ އެ ކުންފުނީގެ ފަރާތުން ފޮނުވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންޖެހޭނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ދިނުން

އަންދާސީހިސާބު ހުށަހެޅުން

2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް

2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެމީހަކީ އެފަރާތުން ފޮނުއްވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިނުގަންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯޒަލްތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ޕްރޮޕޯޒަލްތައް ބަލައިނުގަންނާނެކަމާއި، މަޢުލޫމާތު ފުރިހަމަނުވާ ޕްރޮޕޯޒަލް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

8 ރަބީޢުލްއައްވަލް 1438

07 ޑިސެންބަރު 2016
ހޯދާ