ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު: J-236002

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: ޖީ. އެސް. 3 (ޖެނެރަލް ސަރވިސް 3)

ސެކްޝަން: ކޯޕަރޭޓް އެފެއާޒް ޝެކްޝަން

މުސާރަ: މަހަކު -/4،465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)

ޢިނާޔަތްތައް: ސިވިލް ސަރވިސްގެ ގަވާއިދު 2014 ގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޖެނެރަލް އެޑްމިނިސްޓްރޭޝަން ނުވަތަ ޖެނެރަލް މެނޭޖްމެންޓް ނުވަތަ ހިއުމަން ރިސޯސް މެނެޖްމަންޓް ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައްސޫލިއްޔަތުތަކާއި ޒިންމާތައް:   

1. ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައި އޮންނަ އެޗް.އާރ.އެމް.ޑީ ކޮމެޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓައި، އެޗް.އާރ.އެމް.ޑީ ކޮމެޓީގެ އިދާރީ އެންމެހައި މަސައްކަތްކުރުން.

2. މުވައްޒަފުންގެ ހާޒިރީ ގަވާއިދުން ބެލެހެއްޓުމާއި، ސަލާމާއި ޗުއްޓީގައި ތިއްބަވާ މުވައްޒަފުންގެ މަޢުލޫމާތު، ހާޒިރީ ބަލަހައްޓާ ސިސްޓަމަށް ދުވަހުން ދުވަހަށް އެންޓަރކުރުން.

3. މުވައްޒަފުން ސަލާމުގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު ފުރިހަމަކުރުމަށްފަހު، މުވައްޒަފުން އެ ފޯމު ހުށަހަޅަންޖެހޭ ވަގުތުގައި ހުށަހެޅުމުން، އެ ފޯމު ޗެކްކޮށް، ދުވަހުން ދުވަހަށް މުވައްޒަފުންގެ ޕާސަނަލް ފައިލަށްލުން ނުވަތަ މެޑިކަލް ސެޓުފިކެޓު ހުށަހަޅަންޖެހޭ ވަގުތުގައި ހުށަހެޅުމުން، އެ ސެޓުފިކެޓު މުވައްޒަފުންގެ ޕާސަނަލް ފައިލަށްލުމާއި، މި ފޯމު ގަވާއިދުން ހުށަނާޅާ މުވައްޒަފުންގެ ދުވަހު ހާޒިރީގައި ހާޒިރުނުވާކަމަށް ފާހަގަކުރުން.

4. ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ކައުންސިލަރުންގެ ޗުއްޓީތަކުގެ ރެކޯޑު ބެލެހެއްޓުމާއި، ޗުއްޓީ ނަންގަވާ މުވައްޒަފުންނަށް ނުވަތަ ކައުންސިލަރުންނަށް ޗުއްޓީ ޗިޓް ތައްޔާރުކޮށް ރައްދުކުރުން.

5. މުވައްޒަފުން ޤާނޫނާއި ގަވާއިދަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް، ސުޕަވައިޒަރުގެ ލަފާގެމަތިން ރާވައި، ހިންގައި، މުވައްޒަފުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް މަސައްކަތްކުރުން.

6. މުވައްޒަފުންގެ އެޕްރައިޒަލް ފޯމުތަކާ ގުޅޭގޮތުން ހިއުމަން ރިސޯސް ޔުނިޓުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

7. ކައުންސިލް އިދާރާއަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމަށް އިޢުލާންކުރުމާއި، މުވައްޒަފުން ހޮވުމުގައި ޤާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން މަސައްކަތްކުރުމާއި، އެކަމާ ގުޅޭ އެންމެހައި ލިޔެކިއުންތައް ބަލައިގަނެ ފިޔަވަޅުއެޅުން.

8. ސްޓާފުންގެ މަޢުލޫމާތު ހިމެނޭ ސްޓާފް ފައިލް އަޕްޑޭޓްކޮށް ބެލެހެއްޓުން.

9. ހިއުމަން ރިސޯސް ޔުނިޓުގެ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ މަޝްވަރާއާއެކު ކުރުން.

10. ކައުންސިލްގެ ބައްދަލުވުންތަކާއި ޖަލްސާތައް އިންތިޒާމްކޮށް، އެފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ލިޔެ ބެލެހެއްޓުން.

11. ރަށްޔިތުންގެ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރުމާއި، ޔައުމިއްޔާތަށް ލިޔެ ބެލެހެއްޓުން.

12. ކައުންސިލްގެ އިދާރާގެ އެކިއެކި މީޓީންގތަކުގެ ޔައުމިއްޔާ ނޯޓުކޮށް، ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

13. ކައުންސިލަރުންގެ ހާޒިރީ ދުވަހުން ދުވަހަށް ތައްޔާރުކޮށް ބެލެހެއްޓުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވުން.

14. ކައުންސިލް ހިނގިގޮތުގެ ރިޕޯޓާއި، ކައުންސިލްގެ މާލީ ރިޕޯޓް ތައްޔާރުކޮށް، އެ ރިޕޯޓްތައް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

15. ކައުންސިލް އިދާރާގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުމުގައި އެހީތެރިވެދިނުން.

16. އަރުވާލި މީހުންނާއި، ފޮނުވާލި މީހުންނާއި، ބަންދު މީހުންގެ ރެކޯޑް ބެލެހެއްޓުން.

17. ރަށުގައި ރަށްވެހިނުވެ އާންމުކޮށް އުޅޭ މީހުންގެ ދަފްތަރެއް އެކުލަވައިލައި، އެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން.

18. ވިހާ މީހުންނާއި، މަރުވާ މީހުންގެ ލިސްޓު އަޕްޑޭޓްކޮށް، ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖޭހޭ ފަރާތްތަކަށް ފޮނުވުން.

19. ރަށްވެހިންގެ ރަޖިސްޓަރީއަށް އަންނަ ބަދަލުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

20. ސެކްޝަނަށް އަންނަ ފޯނުކޯލުތަކަށް، ސުޕަވައިޒަރުގެ ލަފާގެމަތިން ޖަވާބުދިނުން.

21. ސެކްޝަނަށް އަންނަ ސިޓީއާއި މެސެޖާއި، އެފަދަ އެހެން ލިޔުންތަކަށް، ސުޕަވައިޒަރުގެ ލަފާގެމަތިން ޖަވާބު ތައްޔާރުކޮށް، ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.

22. ސެކްޝަނުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމުގައި ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރުމާއި، ލިޔުންތަކުގައި ސޮއިކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.

23. ސެކްޝަނުން ފައިލްކުރަންޖެހޭ ހުރިހާ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކޮށް، ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުމާއި، ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިޔުންތައް ބޭނުންވެއްޖެ ހިނދެއްގައި އެ ލިޔުމެއް ފަސޭހަކަމާއެކު ހޯދައިދިނުން.

24. ކައުންސިލް އިދާރާގެ ފަރާތުން ފާހާގަކުރާ އެކިއެކި މުނާސަބަތުތަކާ ގުޅިގެން ހިންގާ ހަރަކާތްތައް ހިންގުމުގައި އެހީތެރިވެދިނުން.

25. ކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތުތަކުގައި ބައިވެރިވުމާއި، ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

26. ޚާޢްޞަ ހާލަތާ ގުޅިގެންނާއި، ޢިޖުތިމާޢީގޮތުން ކައުންސިލުން ކުރަންޖެހޭ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.

27. ހަމަޖެހިފައިވާ އުސޫލުން ކައުންސިލްގެ އިދާރާ ހުޅުވައި ލެއްޕުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޢަމަލުކުރައްވަން ފައްޓަވާފައިވާ "ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލު" ތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، 2016 ޑިސެންބަރު 25 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތަނާއި، ތާރީޚު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނޭނެ ތާރީޚާއި ގަޑި، ފަހުން، ލިޔުމުން އަންގާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)  

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުން ދޭ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

ށ. ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގަމުންގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަގޮތަށް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް ނަގާފައިވާ ކޮޕީއެއް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6500012 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ، [email protected] އަށެވެ.

މިކަމާ ގުޅިގެން، މި އިދާރާއިން މީގެ ކުރިން ކޮށްފައިވާ ނަންބަރު (IUL)247-CA/247/2016/70 (1 ޑިސެންބަރު 2016) ގެ އިޢުލާން ވަނީ ބާޠިލްކުރެވިފައެވެ.

13 ރަބީޢުލްއައްވަލް 1438

12 ޑިސެންބަރު 2016
ހޯދާ