ބޮޑުފޮޅުދޫ މަދަރުސާ
ދިވެހިރާއްޖެ
ޕްރީސްކޫލުގެ ދަރިވަރުން ކުޅޭ ސަރަޙައްދު ހިޔާކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕްރީސްކޫލުގެ ދަރިވަރުން ކުޅޭ ސަރަޙައްދު ހިޔާކުރުމާބެހޭ:

މި މަދަރުސާއިން ދައްކާ ނަމޫނާއާ އެއްގޮތަށް، ޕްރީސްކޫލުގެ ދަރިވަރުން ކުޅޭ ސަރަޙައްދުގައި ކަޅުދާ ޖަހައި، ހިޔާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 11:00 އަށް މި ސްކޫލަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

އަންދާސީހިސާބު ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ބައްދަލުވުމުގައެވެ. އަންދާސީހިސާބު ހުށަހަޅާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި އެހެން ފަރާތެއް މި ބައްދަލުވުމަށް ފޮނުވާނަމަ، ހާޒިރުނުވެވުނު ސަބަބާއި، ފޮނުވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށް، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ މި މަދަރުސާއިން ދޭ ފޯމެޓާ އެއްގޮތަށް ކަމުގައިވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލުގެ 6660841 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

06 ޑިސެންބަރު 2016
ހޯދާ