ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

އިޢުލާން

ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޢިމާރާތް ކުރުމަށްޓަކައި ނަރުދަމާ ނިޒާމުގެ މައި ޢިމާރާތުގެ އިރުން200'x150'  ބިމެއް މިހާރުވަނީ ފާހަގަކުރެވިފައެވެ. މި ބިމުގައިހުރި ރުއްގަހުގައި މިހާރު ހުންނާނީ މަޑުފެހިކުލައިގެ ދަވާދަކުން 1 އިން 155 އަށް ނަންބަރު ޖަހާފައެވެ.

ވީމާ، ދެންނެވިފައިވާ ސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް ގަހެއް ހުރިނަމަ، އެއީ ކޮންފަރާތެއްގެ ގަހެއްކަން ނުވަތަ ރުކެއްކަން އެނގޭނޭގޮތަށް އެ ރުކެއް އަދި ގަހެއްގައި މި އިދާރާއިން ޖަހާފައިވާ ނަންބަރު 2016 ޑިސެންބަރު 15 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން  މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ދަންނަވަމެވެ. މި ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށްޓަކައި މި އިދާރާގެ ނަންބަރު: 374-C/2016/81 (21 ނޮވެންބަރު 2016) އިޢުލާނުގައިވެސް ދެންނެވިފައި ވާނެއެވެ. މިއީ، މި ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށްޓަކައި ކުރެވޭ ތިންވަނަ އިޢުލާނެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

8 ރަބީޢުލްއައްވަލް 1438

07 ޑިސެންބަރު 2016
ހޯދާ