ބަނޑިދޫ ސްކޫލް، ދ. ބަނޑިދޫ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލުގައި ކުރަންޖެހިފައިހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން.     

މި ސްކޫލުގައި ކުރަން ޖެހިފައިހުރި މި ދަންނަވާ މަރާމާތުތައް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  1. ސްކޫލުގެ ހޯލް ޢިމާރާތު ދިޔަދޮވި ބަދަލުކުރުން.
  2. ގްރޭޑް 5، ގްރޭޑް 6 އަދި ގްރޭޑް 7 ގެ ކްލާސްރޫމް ސީލިންގ މަރާމާތުކުރުން.
  3. ކްލާސްރޫމް ޕާޓިޝަންތަކުގައި ހަލާކުވެފައިހުރި ތަންޑު ބަދަލުކުރުން.
  4. ވައިޓްބޯޑު މަރާމާތުކުރުން.
  5. ގްރޭޑް 1 އަދި 2 ގައި ތަށިމުށި ޖެހުން.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިކަމަށް އެދި ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ދިނުން:

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ ހެނދުނު 9:00 ގައި މި ސްކޫލުގައެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތަށް ސިޓީއެއް ދެއްވުމަށްފަހު ފޮނުއްވުމުން އެފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުކުރެއްވިދާނެއެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

މި މަސައްކަތް ކޮށްދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 2016 ޑިސެންބަރު 25 ވާ އާދީއްތަދުވަހުގެ ހެނދުނު 10:30 ގައި މި ސްކޫލުގައެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ އެކަމަށް މި ސްކޫލުން ދޫކުރާ ފޯމެއްގައެވެ. ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ސްކޫލުގައި ކުރަންޖެހޭ ބައެއް މަރާމާތުކުރަން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތަށް ސިޓީއެއް ދެއްވުމަށްފަހު ފޮނުއްވުމުން އެފަރާތުގެ ނަމުގައި އަންދާސީހިސާބު ހުށަހެޅުއްވިދާނެއެވެ.

ބިޑް އިވެލުއޭޓްކުރުމުގައި މާކްސް ދެވޭނެ ގޮތުގެ ތަފުސީލު

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ފޯމިއުލާ

އަގު

65%

  • ހުށަހަޅާ އަގަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

މުއްދަތު

25%

  • ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • (މުއްދަތު ދީފައިވާ ބީލަންތަކަށް ޕޮއިންޓެއް ނުދޭނެއެވެ. އަދި މަސައްކަތް ނިންމާ މުއްދަތު ކުރުނަމަ، ލިބޭ ޕޮއިންޓް ގިނަވާނެއެވެ.)

(Submitted experience duration / Benchmark experience duration)  x Allocated Percentage

ތަޖްރިބާ

5%

  • ތަޖުރިބާއަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ ތެރެއިން އެންމެ ގިނަ ތަޖުރިބާ ހުށަހަޅާ ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ތަޖުރިބާއެއްގެ މެދުގައި ލިބޭ % އަށެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާ ހުށަހަޅާ ފަރާތަށެވެ.
  • ބީލަމާއެކު ހުށަހަޅާފައިވާ މަސައްކަތް ނިންމިކަން ކަށަވަރުކޮށްދޭ ލިޔުންތަކަށް ބަލައި ނިންމާފައިވާ މި ބީލަމުގައިވާ މަސައްކަތާ ގުޅުންހުރި ކޮންމެ ޕްރޮޖެކްޓަކަށް 1 ޕޮއިންޓް (ޖޫރިމަނާއެއްނެތި ހިންގާފައިވާ ޕްރޮޖެކްޓްތަކަށް އެކަނި)

(Submitted experience duration / Benchmark experience duration)  x Allocated Percentage

މާލީ ޤާބިލުކަން

5%

  • ސެކިޔުރިޓީންގެ ގޮތުގައި ބޭނުންކުރާ މުވައްޒަފުން
  • ބީލަމާއެކު ހުށަހެޅި ބޭންކް ސްޓޭޓްމަންޓާއި ބޭންކް ގެރެންޓީ ކްރެޑިޓް ފެސިލިޓީ ތަޖުރިބާގެ ލިޔުންތައް ފަދަ ލިޔުންތަކަށް ބަލައި ހުށަހެޅި ބީލަމުގެ ވެލިޔުގެ މަދުވެގެން %50 އާ އެއްވަރުގެ ޤާބިލުކަން ހުރިނަމަ، 5 ޕޮއިންޓް، %40 އާ އެއްވަރުގެ ޤާބިލުކަންހުރިނަމަ 3 ޕޮއިންޓް، %30 އާ އެއްވަރުގެ ޤާބިލުކަން ހުރިނަމަ 1 ޕޮއިންޓް އަދި %30 އަށްވުރެ ދަށްނަމަ އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.

 

  1. ބިޑް އިވެލުއޭޓް ކުރާނީ މި ސްކޫލުގެ ފަރާތުން/ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަރާތުން އެކުލަވައިލެވޭ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޝަރުޠު ފުރިހަމަވާ އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް މި މަސައްކަތް ހަވާލުކުރެވޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެނގޭނެއެވެ.
  3. ބިޑް އިވެލުއޭޝަނަށްފަހު އެއްވެސް ޝަކުވާއެއް އޮތްނަމަ، ސިޓީއަކުން ސްކޫލަށް ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، މި ސްކޫލުގެ ނަންބަރު 7952916 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނުކުރަމެވެ.

06 ޑިސެންބަރު 2016
ހޯދާ