ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2017 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 2017 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ 10:30 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 21 ވާ ބުދަދުވަހުގެ 10:30 ގައި މި ސްކޫލަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ، މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވި ފަރާތްތަކަށެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް 6540540 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

6 ރަބީޢުލްއައްވަލް 1438

05 ޑިސެންބަރު 2016
ހޯދާ