ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ކ.ތިލަފުށީ ސައިޓުގައި ޤާޢިމުކުރުމަށް ހަމަޖެހިފައިވާ ޕްރީ-ފެބްރިކޭޓެޑް 5 ބުރި ޢިމާރާތުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  • ޢިމާރާތުގެ ޑިޒައިން (ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން ދޭ ކޮންސެޕްޓާ އެއްގޮތްވާ ގޮތުގެ މަތީން)
  • ޢިމާރާތަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމާއި އިންސްޓޯލް ކޮށްދިނުން

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 06 ވާ އަންގާރަ ދުވަހުގެ 11:00 އަށް އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 27 ވާ އަންގާރަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331453 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

29 ނޮވެންބަރު 2016
ހޯދާ