އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ސީނިއަރ ރިސަރޗް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ސީނިއަރ ރިސަރޗް އޮފިސަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/6295 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެގޮތުން މުސާރައިގެ %35 (މަހަކު) 

- އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ  ސެކްޝަން، އޮފީސް، ރަށް:

އެންވަޔަރަންމަންޓް ރިސަރޗް އެންޑް ކޮންޒަރވޭޝަން ސެކްޝަން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، މާލެ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. ތިމާވެއްޓާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ތިމާވެއްޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ތިމާވެއްޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. ތިމާވެއްޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ނެޗުރަލް ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ކުރަންޖެހޭ ދިރާސާ ދަތުރުތައް ދިޔުމާއި، ސަރވޭކޮށް ރިޕޯޓް ތައްޔާރުކުރުން.

2. ކަނޑު ފީނައިގެން ކުރަންޖެހޭ ދިރާސާތަކާއި ސަރވޭތައް ކުރުން.

3. ދިވެހިރާއްޖޭގެ ތިމާވެއްޓަށް  އަންނަ ބަދަލުތަކަށް ބަލައި ދިރާސާކުރުމާއި، އެކަމުގެ ޑާޓާބޭސްއެއް ހަދައި ބެލެހެއްޓުން.

4. ސަރވޭކުރުމަށާއި މަސައްކަތަށް ބޭނުންކުރާ އިކްއިޕްމެންޓާއި، އެހެނިހެން ތަކެތި ބެލެހެއްޓުން.

5. ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި، ޙިމާޔަތްކޮށްފައިވާ ދިރުންތަކާބެހޭ ގަވާއިދުތައް ތަންފީޒުކުރުން.

6. އެންވަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ތަންފީޒުކުރާ ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެންވަޔަރަމަންޓަލް ރިސާރޗް އެންޑް ކޮންޒަރވޭޝަނާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުން.

7. އެންވަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާއި ދިވެހިރާއްޖެ ތަމްސީލްކުރުމަށް މީޓިންގތަކާއި، ސެމިނާރުތަކުގައި ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

1. ތިމާވެއްޓާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައިވުން.

2. ދިރާސާކުރުމާއި، ދިރާސާކުރަން ބޭނުންކުރާ އިކުއިޕްމަންޓަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.

3. ރަށުން ބޭރުގައި މަސައްކަތްކުރުމާއި، ގިނަވަގުތު ކަނޑުމަތީގައި މަސައްކަތުގައި ހޭދަކުރެވުން.

4. ޖީ.އައި.އެސް ފަދަ ޓެކްނިކަލް ސޮފްޓްވެއާ ބޭނުންކުރަން އެނގުން.

5. ދިވެހިބަހާއި، އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަދެއްކުމާއި ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.

6. ފަތަން އެނގުން.

ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު،  (ވަޒީފާއަށް އެދޭ ފޯމު، މި އެޖެންސީގެ ކައުންޓަރުން ލިބެންހުންނާއެވެ. އަދި މި އޭޖެންސީގެ www.epa.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮޤްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

7. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ، ތިމާވެއްޓާ ގުޅޭ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލޭނެއެވެ.

ސުންގަޑި:

2016 ޑިސެންބަރު 7 ވާ ބުދަދުވަހުގެ 12:00 ގެ ކުރިން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް.

އިންޓަވިއު:

- މި މަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ 1 މަސްދުވަހުގެ (ބަންދު ދުވަސްތައް ނުހިމަނައި) ތެރޭގައި އެންގޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ، ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި އޭޖެންސީގެ 3335949 ނަންބަރުގެ ފޯނަށް ގުޅުން އެދެމެވެ.

24 ޞަފަރު 1438

24 ނޮވެންބަރު 2016
ހޯދާ