ކެންދޫ ސްކޫލް
ދިވެހިރާއްޖެ
ކަރަންޓް ވިއުގައަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކަރަންޓް ވިއުގައަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށްދޭނެފަރާތެއް ހޯދުމާބެހޭ

މިސްކޫލްގެ ކަރަންޓް ވިއުގައަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް ނަންބަރު: GS132/2016/34 (7 އޮގަސްޓު 2016) ގައި ކުރެވުނު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާތީއާއި، ނަންބަރު: GS132/2016/43 (29 ސެޕްޓެންބަރު 2016) ގައި ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާނުތައް ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުގެ 11:00 އަށް

14 ޑިސެންބަރު 2016 ވާ ބުދަދުވަހުގެ 11:00 އަށް

އަދި ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6600315 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

23 ޞަފަރު 1438

23 ނޮވެންބަރު 2016
ހޯދާ