ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބާދަގަނޑާއި އެހެނިހެން ތަކެތި ނީލަން ކިޔުން

އިޢުލާން

މި ކުންފުނީގެ ތިލަފުށީ ބޯޓުޔާޑުގައި ހުރި ބައު ދަގަނޑާއި އެހެނިހެން ތަކެތި ނީލަމުގައި ވިއްކާލުން

މުދަލުގެ ބާވަތް: ބައު ދަގަނޑު، ބޭނުންކޮށްފައި ހުރި އަޑީތެޔޮ، ބޭނުން ނުކުރެވޭ ހަލާކުވެފައިވާ އިލެކްޓްރޯނިކް ސާމާނު

ތަން:      ފިއުލް ސަޕްލައިސް މޯލްޑިވްސް ބޯޓްޔާޑް، ކ.ތިލަފުށި

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 ނޮވެންބަރު 24 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން މި ކުންފުނީގެ ތިލަފުށީ ބޯޓްޔާޑަށް ހާޒިރުވެ މި ތަކެތި ބައްލަވާލެއްވުމުގެ ފުރުސަތު ހުޅުވާލައިފައިވާނެއެވެ.

މިތަކެތި ބައްލަވާލެއްވުމަށްފަހު އަގު ހުށަހެޅުން އޮންނާނީ 2016 ނޮވެންބަރު 26 ވާ ހޮނިހިރުދުވަހުގެ ހެނދުނު 9:30 ގައި މި ކުންފުނީގެ ބޯޓްޔާޑުގައެވެ.

އަގު ހުށަހެޅުއްވުމަށް ހާޒިރުވެ ވަޑައިގަންނަވާ ފަރާތްތަކުން އެ ފަރާތެއްގެ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ (އަމިއްލަ ފަރާތެއްގައި ނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު) ހުށަހަޅުއްވަން ވާނެއެވެ.

މި ދެންނެވުނު ތަކެތި ބައްލަވާލެއްވުމަށްފަހު، އެންމެ މަތީ އަގު ހުށަހަޅުއްވާ ފަރާތަކަށް މި ތަކެތި ހުސްކުރުމަށް 2 ދުވަހުގެ މުއްދަތެއް ދެވޭނެ ވާހަކަ ދަންނަވާލީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3331476 ނުވަތަ 3331417 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

21 ނޮވެންބަރު 2016
ހޯދާ