އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޙިމާޔަތްކުރެވިފައިވާ ދޫނިތައް ހިފައި، ހައްޔަރުކޮށް، އަދި ގޯނާކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

ނޫސްބަޔާން

ޙިމާޔަތްކުރެވިފައިވާ ދޫނިތައް ހިފައި، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

އެހެނިހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް މި ދުވަސްވަރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެކެވެ. އަދި މިގޮތަށް ހިޖުރަކުރާ ދޫނިތަކަކީ، ޤާނޫނު ނަންބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ގަވާއިދު ނަންބަރު: 2014/R-169 (ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު) ގެ ދަށުން ޙިމާޔަތްކުރެވިފައިވާ ދޫނިތަކެކެވެ. ނަމަވެސް ކޮންމެ އަހަރަކު މި ދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނިތައް ހިފައި، ހައްޔަރުކޮށް، ދޫނިތަކަށް ގޯނާކުރަމުންދާތީ، މިކަމަކީ މިއެޖެންސީން ވަރަށް ކަންބޮޑުވާ އަދި ހިތާމަކުރާކަމެކެވެ.

ވީމާ، މިގޮތަށް ޙިމާޔަތްކުރެވިފައިވާ ދޫނިތައް ހިފައި، ހައްޔަރުކޮށް، އަދި ގޯނާކުރާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ގަވާއިދުގެ ނަންބަރު: 2012/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު) އާއި، ގަވާއިދު ނަންބަރު: 2014/R-169 (ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު) ގެ ދަށުން ފިޔަވަޅު އަޅާނެވާހަކަ އެންގީމެވެ. މިގޮތުން، ޙިމާޔަތްކުރެވިފައިިވާ އަދި ހިޖުރަކުރާ ދޫނި ހިފާ ފަރާތްތައް މި ދެ ގަވާއިދުގެ ދަށުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އަދި، ހަމައެެހެންމެ، ރާއްޖެ ޒިޔާރަތްކުރާ ދޮންދޫންޏާއި ދޮންދޫނިލޯފިނދާއި މި ބާވަތުގެ ހުރިހާ ދޫންޏަކީވެސް މި ދުވަސްވަރު ގިނަ އަދަދަކަށް ރާއްޖެއަށް ހިޖުރަކުރާ ދޮންދޫނިމޫސުމަށްވެފައި، މިފަދަ ބާވަތުގެ ދޫންޏަކީ މަދިރި ކޮންޓްރޯލުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ދޫނިތަކަކަށްވާތީ، މަދިރީގެ ސަބަބުން ޖެހޭ އެކި ބާވަތްތަކުގެ ބަލިތަކުން ސަލާމަތްކޮށް ދުރުކޮށްދިނުމުގައި މި ފަދަ ދޫނިތައް އަދާކުރާ ދައުރަކީ ނުހަނު މުހިންމުކަމެއް ކަމަށްވާތީ، މިފަދަ ހުރިހާ ބާވަތެއްގެ ދޫނިތައް ހިފުމާއި، އެއަށް ގޯނާކުރުމުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރުމަށް ދަންނަވަމެވެ.

14 ޞަފަރު 1438

14 ނޮވެންބަރު 2016
ހޯދާ