ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
ގޯތި ވިއްކުމާބެހޭ

ގދ.ތިނަދޫ، "ލޭފަ" އެވެ ކިޔާ ގޯތި ވިއްކުމާބެހޭ

ގޯތީގެ ތަފުސީލު:

ގޯތީގެ ބާވަތް:         ބަންޑާރަ ގޯތި

ނަން:              ލޭފަ

ރަޖިސްޓަރީ ނަންބަރު:     19/2005

ގޯތީގެ ބޮޑުމިން:        2,102 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް

ގޯތީގެ ވެރިފަރާތް:        އަލްފާޟިލް ޢަބްދުﷲ ފާއިޒު، ހަޒާރުމާގެ، ގދ. ތިނަދޫ      

ރަހުނުކުރެވިފައިވާ ބޭނުން: އަލްފާޟިލް ޢަބްދުﷲ ފާއިޒު (ހަޒާރުމާގެ، ގދ. ތިނަދޫ) އަށް ދޫކޮށްފައިވާ ލޯނަކާ ގުޅިގެން

ރަހުނު ވިއްކާލުމުގެ ހުއްދަދެއްވި ކޯޓާއި ޤަޟިއްޔާ ނަންބަރު: ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 110/Q10C/2014 ޤަޟިއްޔާއިން

ނީލަމުގެ ތަފުސީލު:

މުއްދަތު ހަމަވާ ތާރީޚު:       2016 ޑިސެންބަރު 8 ވަނަ ދުވަހުގެ މެންދުރުފަހުގެ 1:30 އަށް

ބިޑް ހުޅުވާނެ ތަން:         ސީޓްރެކްސް ބިލްޑިންގގެ 7 ވަނަ ފަންގިފިލާގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ ރިކަވަރީސް ޑިޕާޓްމަންޓް

މި ނީލަމާ ގުޅިގެން ލިބޭ ސިޓީތައް ކަނޑައި، ހުށަހެޅޭ އެންމެ މަތީ އަގު އިޢުލާންކުރެވޭނީ ނީލަމުގެ މުއްދަތު ހަމަވާ ތާރީޚާ ހަމައަށް ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ބިޑް ހުޅުވާ ގަޑީގައި ބިޑް ހުޅުވާ ތަނަށް ހާޒިރުވެވަޑައިގެން ތިއްބަވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

ކޮންމެ ދުވަހަކުވެސް އެ ދުވަހަކާ ހަމައަށް ހުށަހެޅޭ އެންމެ މަތީ އަގު މި ބޭންކުގެ ވެބްސައިޓް (www.bankofmaldives.com.mv) ގައި ޝާއިޢުކުރެވޭނެއެވެ. ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގުކަމުގައި އިޢުލާނުކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާން ކުރެވޭ ތާރީޚުން ފެށިގެން 5 (ފަހެއް) ދުވަސް ވަންދެން (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެއް އަގެއްގައި އޮތުމުންނެވެ.

ނީލަން ނިންމުން:

ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅުއްވާ ފަރާތަކަށް އެކަން އެންގޭނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ބޭންކުން އަންގާ ތާރީޚުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ ތެރޭގައި ނުވަތަ ބޭންކުން އިތުރުކޮށްދެވޭ މުއްދަތެއްގެ ތެރޭގައި، އެފަރާތަކުން ހުށަހެޅުއްވި ބިޑާ އެއްގޮތަށް ބޭންކަށް ފައިސާ ދައްކަވަންވާނެއެވެ. ނުދައްކަވައިފިނަމަ، އެ ހުށަހެޅުން ބާޠިލުކުރުމަށް ނުވަތަ ދެވަނައަށް އެންމެ މަތީ އަގު ހުށަހަޅުއްވާފައިވާ ފަރާތަކަށް ނީލަން ނިންމާލުމުގެ ޙައްޤު ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު ބޭންކަށް ލިބިގެންވެއެވެ.

ވަކިފަރާތަކަށް ނީލަން ނިންމުމަށް ބޭންކުން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް ބޭންކުން އެންގުމުގެ ކުރިން ނީލަން ބާޠިލުކުރުމުގެ އިޚުތިޔާރު ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ލިބިގެންވާކަމުގައި ދެންނެވީމެވެ.

އަގު ހުށަހެޅުން:

ހުށަހަޅަންޖެހޭގޮތް:

ނީލަމަށް އަގު ހުށަހަޅުއްވަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އާއި މެންދުރުފަހުގެ 1:30 އާ ދެމެދު ސީޓްރެކްސް ބިލްޑިންގގެ 7 ވަނަ ފަންގިފިލާގައި ހުންނަ މި ބޭންކުގެ ރިކަވަރީސް ޑިޕާޓްމަންޓަށެވެ. ނީލަމަށް ހުށަހަޅުއްވާ ސިޓީއުރަ އޮންނަންވާނީ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި "ގދ. ތިނަދޫ، "ލޭފަ" އެވެ ކިޔާ ގޯތި ގަތުމަށް އެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

އަމިއްލަ ފަރުދެއް ނަމަ:  - ގުޅޭނެ ފޯނު ނަންބަރަކާއެކު، ހުށަހަޅުއްވާ އަގު (ދިވެހިރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް؛

               - ހުށަހަޅުއްވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ކުންފުންޏެއް ނަމަ:     - މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތަކާއި ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހިރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް؛

               - ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ؛

               - މި ނީލަމުގައި ބައިވެރިވުމަށް ނިންމަވައި، މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތެއް ޢައްޔަންކުރައްވައި، ކުންފުނީގެ ބޯޑުން ފާސްކުރައްވާފައިވާ ޤަރާރު؛

               - ކުންފުނީގެ މެމޮރެންޑަމް އޮފް އެސޯސިއޭޝަނާއި އާރޓިކަލް އޮފް އެސޯސިއޭޝަން؛

މީގެ އިތުރުން، ނީލަމަށް ހުށަހަޅުއްވާ އަގު ދެއްކުމުގެ މާލީ ޤާބިލުކަން ހުށަހަޅުއްވާ ފަރާތުގެ ކިބައިގައި ހުރިކަން ސާބިތުކުރުމަށްޓަކައި އެންމެ ފަހުގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓް (ފާއިތުވި 6 މަސްދުވަހުގެ) ހުށަހަޅުއްވަންވާނެއެވެ. މިގޮތަށް ހުށަހަޅުއްވާ އެކައުންޓް ސްޓޭޓްމަންޓް އަޕްޑޭޓްކުރެވިފައި އޮންނަންވާނީ އެންމެ ލަސްވެގެން އަގު ހުށަހަޅުއްވާ ތާރީޚުގެ 7 (ހަތެއް) ދުވަސް ކުރިއަށެވެ. އަދި އެކައުންޓް ސްޓޭޓްމަންޓް ވާންވާނީ ބޭންކުން ދޫކޮށްފައިވާ އެފަރާތެއްގެ އޮރިޖިނަލް އަދި އެބޭންކުގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ލިޔުމަކަށެވެ. ބިޑާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރެވިފައިނުވާނަމަ، ބިޑް ބާޠިލުކުރުމުގެ ޙައްޤު ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ލިބިގެންވާކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ ރިކަވަރީސް ޑިޕާޓްމަންޓް (ފޯން ނަންބަރު: 3300187 / 3015385،  އީމެއިލް: [email protected]) އާ ގުޅުއްވުން އެދެމެވެ.

ޝަރުޠު: މަތީގައި ބަޔާންކުރެވިފައިވާ ނީލަމުގައި، ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި މަސައްކަތްކުރައްވާ އެއްވެސް މުވައްޒަފަކަށް، ނުވަތަ ބޭންކުގެ ބޯޑު ޑައިރެކްޓަރަކަށް، ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ ޢާއިލާގެ ބޭފުޅަކަށް (ޢާއިލާ މާނަކުރުމުގައި މައިންބަފައިން، ދަރިން، ފިރިން/އަނބިން، އެއްބަނޑު/ އެއްބަފާ ބޭފުޅުން ހިމެނޭ ގޮތަށް) ނުވަތަ އެފަދަ ފަރާތެއް ހިއްސާދާރެއްގެ ގޮތުގައި ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޕްރައިވެޓް ކުންފުންޏަކަށް ބައިވެރިއެއް ނުވެވޭނެއެވެ. މި ދެންނެވުނު ފަރާތްތައް ފިޔަވައި އެހެނިހެން ފަރުދުންނަށާއި ކުންފުނިތަކަށް މި ނީލަމުގައި ބައިވެރިވެވޭނެއެވެ.

ކުރީގެ އިޢުލާންތައް: މަތީގައި ބަޔާންކުރެވިފައިވާ ގޯތި ވިއްކާލުމަށް މީގެ ކުރިން އެެއްވެސް އިޢުލާނެއް ކުރެވިފައެއް ނުވެއެވެ.

16 ނޮވެންބަރު 2016
ހޯދާ