ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ނީލަންކިޔުން

އިޢުލާން

މިރަށުގެ ރަށްވަށައި ހިނގާމަގު (ކެނޑިމަގުން ފެށިގެން ހުކުރުމިސްކިތްމަގު) އާ ހަމައަށް، މި ސަރަޙައްދުގައި ހުރި ރުއްގަހުގެ ނީލަންކިޔުން 2016 ނޮވެންބަރު 19 ވާ ހޮނިހިރުދުވަހުގެ 9:00 ގައި މިދެންނެވި ސަރަޙައްދުގައި އޮންނާނެއެވެ.  

ވީމާ، މި ނީލަމުގައި ބައިވެރިވެ ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ފައިސާ ދައްކައި 2016 ނޮވެންބަރު 25 ވާ ހުކުރުދުވަހުގެ ނިޔަލަށް ނީލަމުން ނެންގެވި ތަކެތި، ބުޑުން ކޮނެގެން ނަންގަވައި ބިން ސާފުކުރަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ތަކެތި ކަނޑައި ބިން ސާފުކޮށް ތަކެތި ނުގެންގޮސްފިނަމަ ކުރިޔަށް އޮތް 1 އަހަރުދުވަހުގެ ތެރޭގައި މި އިދާރާއިން ކިޔާ އެއްވެސް ނީލަމެއްގައި އެފަރާތަކަށް ބައިވެރިނުވެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޞަފަރު 1438

13 ނޮވެންބަރު 2016
ހޯދާ