މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޑިރެކްޓަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއަށް، ތިރީގައިވާ ކޮންޓްރެކްޓް މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ޑިރެކްޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ނަންބަރު:

251076

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ކޮންޓްރެކްޓުގެ މުއްދަތު:

17 މަސްދުވަސް

މުސާރައާއި ޢިނާޔަތްތައް:

 

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޤާމު އޮތް އޮފީހުގެ ނަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

އިންވެސްޓް މޯލްޑިވްސް ސެކްޝަން

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ސްޓްރެޓީޖިކް ޕްރޮޖެކްޓް ޔުނިޓުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ޒިންމާ ނެގުމާއި، މި ކަންތައްތަކަށް ޖަވާބުދާރީވުން.

2. ސަރުކާރުގެ ސްޓްރެޓީޖިކް ޕްރޮޖެކްޓްތަކާއި، ޤައުމަށް ބޭނުންވާ އެނޫން އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް މަގުފަހިކުރުމަށްޓަކައި، ކަމާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ޑޮކިއުމަންޓްތައް ތައްޔާރުކުރުން.

3. އިންވެސްޓް މޯލްޑިވްސް "ވަން ޝޮޕް ސްޓޮޕެއްގެ" ގޮތުގައި  މާކެޓްކުރުމުގެ މަސައްކަތްތައް ކުރުން.

4. އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބުދާރީވެ، މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުޞަތުތައް އަންގައިދިނުން.

5. އިންވެސްޓްމަންޓް ޕްރޮމޯޝަންގެ ދާއިރާއިން ބޭއްވޭ އެކިއެކި ކަންތައްތައް ރާވައި ހިންގުން.

6. އިންވެސްޓްމަންޓާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ޕްރެޒެންޓޭޝަން ފަދަ ތަކެތި ތައްޔާރުކުރުން.

7. ދަތުރުފަތުރުގެ ދާއިރާއިން މިނިސްޓްރީން ރާވައި ހިންގާ މަސައްކަތްތައް ވިލަރެސްކުރުން.

8. ދަތުރުފަތުރުގެ ނިޒާމު ހިންގުމުގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ، އެ ނިޒާމާ ގުޅުންހުރި މަސައްކަތްތަކުގައި އެހީތެރިވުން.

9. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލުކުރެވޭ ކަންކަން ކޮށްދީ، އެކަންކަމުގައި އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު:

1. އިކޮނޮމިކް/ބިޒްނެސް އެޑްމިނިސްޓްރޭޝަން/މާކެޓިންގ/ޕްރޮޖެކްޓް މެނޭޖްމަންޓް/ސްޓްރެޓެޖިކް މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިކޮނޮމިކް/ބިޒްނެސް އެޑްމިނިސްޓްރޭޝަން/މާކެޓިންގ/ޕްރޮޖެކްޓް މެނޭޖްމަންޓް/ސްޓްރެޓެޖިކް މެނޭޖްމަންޓް މިއިން ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އިކޮނޮމިކް/ބިޒްނެސް އެޑްމިނިސްޓްރޭޝަން/މާކެޓިންގ/ޕްރޮޖެކްޓް މެނޭޖްމަންޓް/ސްޓްރެޓެޖިކް މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިކޮނޮމިކް/ބިޒްނެސް އެޑްމިނިސްޓްރޭޝަން/މާކެޓިންގ/ޕްރޮޖެކްޓް މެނޭޖްމަންޓް/ސްޓްރެޓެޖިކް މެނޭޖްމަންޓް މިއިން ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އިކޮނޮމިކް/ބިޒްނެސް އެޑްމިނިސްޓްރޭޝަން/މާކެޓިންގ/ޕްރޮޖެކްޓް މެނޭޖްމަންޓް/ސްޓްރެޓެޖިކް މެނޭޖްމަންޓުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިކޮނޮމިކް/ބިޒްނެސް އެޑްމިނިސްޓްރޭޝަން/މާކެޓިންގ/ޕްރޮޖެކްޓް މެނޭޖްމަންޓް/ސްޓްރެޓެޖިކް މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން:

އިންޓަވިއު ކުރުން:

- މި މަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި ނުވަތަ 2 ހަފުތާގެ ތެރޭގައެވެ.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަވިއުގެ އިތުރުން، ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާ ގުޅޭ މަޢުލޫމާތު، އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު، 2016 ނޮވެންބަރު 21 ވާ ހޯމަ ދުވަހުގެ 13.30 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލްކުރުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

- ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި، ރާއްޖެއިން ބޭރުގެ ސެޓުފިކެޓެއްނަމަ އެކްރެޑިޓްކުރެވިފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ދައުލަތުގެ ވަޒީފާއަކުން ވަކިވެފައިވާނަމަ، ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ، ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ.

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ފަރާތެއްނަމަ، ނުވަތަ އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތްކުރާކަން ނުވަތަ މަސައްކަތް ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނސްޓްރީގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.trade.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި މިނިސްޓްރީގެ 3333160 ނަންބަރު ފޯނާ ގުޅުމުން ނުވަތަ [email protected] އަށް އީމެއިލްކުރުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

6 ޞަފަރު 1438

06 ނޮވެންބަރު 2016
ހޯދާ