ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޖީނުގޭ ކަރަންޓްނެޓްވާރކާއި، ކަރަންޓާބެހޭ މުޅި ނިޒާމު ސާރވޭ ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ފ. ނިލަންދޫ އިންޖީނުގޭ ކަރަންޓްނެޓްވާރކާއި، ކަރަންޓާބެހޭ މުޅި ނިޒާމު ސާރވޭ ކޮށްދޭނެ ފަރާތެއް ހޯދުން

ފ. ނިލަންދޫ އިންޖީނުގޭ ކަރަންޓްނެޓްވާރކާއި، ކަރަންޓާބެހޭ މުޅި ނިޒާމަށް ގެންނަންޖެހޭ ބަދަލު ގެނައުމަށްޓަކައި ފަންނީ ބޭފުޅެއްގެ ބެއްލެވުމުގެ ދަށުން ވަރަށް އަވަހަށް އިންޖީނުގޭ ކަރަންޓް ނެޓްވާރކާއި ކަރަންޓާބެހޭ މުޅި ނިޒާމު ސާރވޭ ކުރަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 9 ވާ ބުދަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 13 ވާ ހޯމަދުވަހުގެ 11:00 އަށް މިކައުންސިލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީހިސާބާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނޭ ކަމުގައި ދަންނަވަމެވެ. އެހެން މީހެއްގެ ހަވާލުގައި އަންދާސީހިސާބު ހުށަހަޅާނަމަ ގަޑިޖެހުމުގެ 1 ގަޑިއިރުކުރިން އެކަން ބަޔާންކޮށް މި އިދާރާއަށް އެފަރާތުގެ ލިޔުމެއް ސޮޔާއެކު ހުށަހަޅުއްވަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ މި އިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައި ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރައިގެ ބޭރުގައި " ފ. ނިލަންދޫ އިންޖީނުގޭ ކަރަންޓްނެޓްވާރކާއި ކަރަންޓާބެހޭ މުޅި ނިޒާމު ސާރވޭކޮށްދިނުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7782420 ، 6740016 ނަންބަރާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

02 ނޮވެންބަރު 2016
ހޯދާ