ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ނ. މާފަރު ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ރިސްކްއެލަވަންސް: ހަމަޖެހިފައިވާ އުސޫލުން ވަޒީފާގެ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް ދެވޭނެއެވެ.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ޑިވިޜަން/ ސެކްޝަން:

އެޑްމިން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ. މާފަރު ޞިއްޙީ މަރުކަޒު

އާންމުގޮތެއްގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ގަޑި:

ރަސްމީގަޑި (ރަމަޟާންމަސް ފިޔަވައި އެހެން މަސްމަހު، ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ހަމަޖެހިފައިވާ އުސޫލުން ޞިއްޙީ މަރުކަޒު ހުޅުވައި/ބަންދުކުރުން.

2. މުވައްޒަފުންގެ ހާޒިރީއާއި، މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން.

3. އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި، މެސެޖާއި، އެހެނިހެން ލިޔުންތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

4. ޞިއްޙީ މަރުކަޒަށް ލިބޭ ސިޓީއާއި ތަކެތި ބަލައިގަނެ އެންޓްރީއަށް އެންޓަރކުރުމަށްފަހު، ހަވާލުކުރަންޖެހޭ ފަރާތްތަކަށް ގަވާއިދުން ހަވާލުކުރުން.

5. ލިޔެކިއުންތައް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

6. އެޑްމިނިސްޓްރޭޝަން ސެކްޝަނުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

7. ޞިއްޙީ މަރުކަޒުގައި ބޭއްވޭ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

8. އިދާރީ އޮފީސް ބަންދު ވަގުތުތަކުގައި ދިމާވާ އިމަރޖެންސީ ކަންތައްތަކުގައި ވެރިއަކު އަންގާ ގޮތެއްގެ މަތިން މަސައްކަތްކުރުން.

9. އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އިންވެންޓްރީއަށް ވައްދަންޖެހޭ އެއްޗެހި ދުވަހުން ދުވަހަށް އިންވެންޓްރީއަށް ވެއްދުން.

10. ލިޔެކިއުމާބެހޭ ތަކެއްޗާއި އެހެނިހެން މުދަލުގެ ސްޓޮކް ބެލެހެއްޓުން.

11. މުވައްޒަފުންގެ މުސާރައާއި ބަޖެޓް ފައިސާގެ ކަންތައްތައް، މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ބެލެހެއްޓުން.

12. އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ހަވާލުކުރެވޭ މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުމާއި، މަސައްކަތުގައި ހަރަކާތްތެރިކުރުވައި ސުޕަވައިޒްކުރުމާއި، ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް މުވައްޒަފުންގެ ފެންވަރުބެލުމުގެ މަސައްކަތް ކުރިއަށްގެންދިއުން.

13. ޞިއްޙީ މަރުކަޒު ހިންގުމާ ހަވާލުވާން ޖެހިއްޖެ ހާލަތެއްގައި މަރުކަޒު ހިންގުމާ ހަވާލުވެ، އިސްވެރިއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

14. މީގެ އިތުރުންވެސް، އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

1. ހިއުމަން ރިސޯސް މެނޭޖްމެންޓް، ހެލްތު ސަރވިސް މެނޭޖްމެންޓް، މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމެންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމެންޓުގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމެންޓް، ހެލްތު ސަރވިސް މެނޭޖްމެންޓް، މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމެންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމެންޓުގެ  ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއި ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ،  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ފޯމު ހުށަހެޅުމުގެ ސުންގަޑި:

2016 ނޮވެންބަރު 16 ވަނަ ދުވަހުގެ 14.00 ގެ ކުރިން، ނ. މާފަރު ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2016  ނޮވެންބަރުމަހުގެ ތެރޭގައި ނ. މާފަރު ޞިއްޙީ މަރުކަޒުގައި އޮންނާނެއެވެ.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން، 6560603 ނަންބަރު ފޯނަށް، ނުވަތަ 6560037 ނަންބަރު ފޯނަށް، ރަސްމީގަޑީގައި ގުޅުން އެދެމެވެ. 

7 ޞަފަރު 1438

07 ނޮވެންބަރު 2016
ހޯދާ