އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017

މި ކޮމިޝަނުގެ އިޢުލާން ނަންބަރު (A)CA-2016/146 (26 އޮކްޓޫބަރު 2016) އާ ހަވާލާދީ ދަންނަވަމެވެ.

14 ޖަނަވަރީ 2017 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ކުރިމަތިލުމުގެ މުއްދަތު 1 ޑިސެންބަރު 2016 ވާ ބުރާސްފަތިދުވަހާ ހަމައަށް އިތުރުކޮށްފީމެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަންފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ބަލައިގަންނާނީ 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުން ފެށިގެން 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 3:00 އާ ހަމައަށް، ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ހަވީރު 3:00 އާ ހަމައަށް، އަދި ހުކުރުދުވަހު ހަވީރު 3:00 އިން 5:00 އަށެވެ. ފޯމު ހުށަހަޅަން އަންނަ ފަރާތަކީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމު ހުށަހަޅަން އަންނަ ފަރާތަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ގެންނަންވާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ނަމޫނާ ރަށު އިލެކްޝަންސުގެ ފޯކަލް ޕޮއިންޓުންނާއި، އަތޮޅު އިލެކްޝަންސުގެ ފޯކަލް ޕޮއިންޓުންނާއި، ސިޓީ ކައުންސިލް އިލެކްޝަންސުގެ ފޯކަލް ޕޮއިންޓުންނާއި، މި ކޮމިޝަނުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެއެވެ. އަދި މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

6 ޞަފަރު 1438

06 ނޮވެންބަރު 2016
ހޯދާ