ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން

އިޢުލާން

ކޮންޓްރެކްޓް އުސޫލުން މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމާބެހޭ.

ކޮންޓްރެކްޓް އުސޫލުން މި ސްކޫލުގެ ސެކިޔުރިޓީ 1 ޖަނަވަރީ 2017 އިން 31 ޑިސެންބަރު 2017 އަށް ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ތާރީޚު

އަންދާސީހިސާބު ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚު

2016 ނޮވެންބަރު 14 ވާ ހޯމަދުވަސް

ގަޑި 11:00

2016 ނޮވެންބަރު 21 ވާ ހޯމަދުވަސް

ގަޑި 11:00

އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ: ރަސްމީގަޑީގައި 6640574 ފޯނާ ގުޅުއްވުމުން މަޢުލޫމާތު ސާފުވެލައްވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

31 އޮކްޓޫބަރު 2016
ހޯދާ