އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

ޑިރެކްޓަރ (އީ.އެކްސް 1)

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން / ޔުނިޓް:

އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/8835 (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/2000  (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/4000 (ހަތަރުހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީގަޑީގައިވެސް މަސައްކަތް ކުރަންޖެހިއްޖެނަމަ ނުރަސްމީގަޑީގައިވެސް މަސައްކަތް ކުރާގޮތަށް

ފެންވަރު ނުވަތަ ޝަރުޠު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  4. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

- ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން އިންތިޚާބާގުޅޭ ތިރީގައި ދަންނަވާ ކަންކަން ކުރުން.

- ސިވިކް އެޑިޔުކޭޝަން އެންޑް އިލެކްޝަންސް ކޯޑިނޭޝަން ޑިވިޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އެ ދެ ސެކްޝަންގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުމާއި، މަސައްކަތް މޮނިޓަރކޮށް، މަސައްކަތުގެ އަޕްޑޭޓް ސެކްރެޓަރީ ޖެނެރަލަށް އެރުވުން.

- އިންތިޚާބުތަކުގެ އޮޕަރޭޝަނަލް މަސައްކަތްތަކާއި، ވޯޓަރ އެންޑް ސިވިކް އެޑިޔުކޭޝަންގެ އެންމެހައި މަސައްކަތްތައް ވިލަރެސްކޮށް، މަސައްކަތުގެ ސްޕީޑު ހަލުވިކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސެކްޝަންތަކަށް ދޭންޖެހޭ ލަފައާއި މަޝްވަރާދިނުން.

- ސެކްޝަންތަކުގެ ވެރިންނާއި މުވައްޒަފުންގެ އެންމެހައި ކަންކަން ބަލައި، ތަނުގެ ގަވާއިދާއި، އުސޫލުތަކާއި، ޕޮލިސީތަކަށް މުވައްޒަފުން ޢަމަލުކުރާ މިންވަރު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅު އަޅަމުން ގެންދިއުން.

- މިނޫންވެސް ޑިވިޜަނުންނާއި، އޮފީހުން ކުރާ ބޮޑެތި މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.

ނޯޓު:

މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 10 ވާ ހޯމަދުވަހުގެ 16:00 ގެ ކުރިން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

- ދާއިރާގެ މަސައްކަތާ ގުޅޭގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ، ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތުގެ ތަޖުރިބާކަމުގައި ބަލާނީ، ހުށަހަޅާފައިވާ ތަޢުލީމީ ސެޓުފިކެޓު ހާސިލުކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ. މަސައްކަތާ ނުގުޅޭ ދާއިރާތަކުން ލިބިފައިވާ ތަޖުރިބާތަކެއް ނުގުނޭނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓު ވާ ފަރާތްތަކުން، އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަންވާނެއެވެ.

އިންތިޚާބުތަކުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާއިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

ވަޒީފާއަށް ހޮވުމުގައި ބަލާ މިންގަނޑު

ތަފުސީލު

މާކްސް

ތަޢުލީމު

35 މާކްސް

މަސައްކަތުގެ ތަޖުރިބާ

20 މާކްސް

އިންޓަވިއު

35 މާކްސް

ޢަމަލީ ޓެސްޓު

10 މާކްސް

 ޖުމްލަ

100 މާކްސް

     ޝޯޓްލިސްޓު ކުރެވޭގޮތް

  • ޝޯޓްލިސްޓު ކުރާނީ ތަޢުލީމާއި އަދި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު ލިބޭ މާކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • މަސައްކަތުގެ ތަޖުރިބާ ބަލާނީ ސެޓުފިކެޓު ހާސިލު ކުރުމަށްފަހު ހޯދާފައިވާ ތަޖުރިބާއެވެ.

1 ޞަފަރު 1438

01 ނޮވެންބަރު 2016
ހޯދާ