ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓްރަސްޓް ފަންޑުން ލުއިލޯނު ދޫކުރުމާގުޅޭ

އިޢުލާން

ހައްދުންމަތީ އަތޮޅު ކައުންސިލުގެ ޓްރަސްޓް ފަންޑުން ލުއިލޯނު ދޫކުރުމާގުޅޭ:

ހައްދުންމަތީ ރައްޔިތުންނަށް އެކަށީގެންވާ ލުއިފަސޭހަ ގޮތެއްގައި ލޯނު ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ލ. އަތޮޅުގައި ރަށްވެހިވެ، ދިރިއުޅެމުންދާތާ މީލާދީގޮތުން މަދުވެގެން 6 މަސްދުވަސް ވެފައިވާ ރަށްވެހީންގެ ތެރެއިން 18 އަހަރާއި 55 އަހަރާ ދެމެދުގެ ރަށްވެހީންނަށް ލުއިލޯނު ދޫކުރުމަށް ހައްދުންމަތީ އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، ލޯނަށް އެދޭ ފަރާތްތަކުން ލޯނަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަން ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ހުށަހެޅުން އެދެމެވެ. ލޯނަށް އެދޭ ފޯމު ބަލައިގަންނާނީ 2016 އޮކްޓޫބަރު 30 ވާ އާދީއްތަދުވަހުގެ 9:00 އިން ފެށިގެން 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 13:30 ގެ ނިޔަލަށް މި އިދާރާއިންނެވެ. މި އިޢުލާނާއެކު ލޯނު ދޫކުރުމަށް އެކުލަވާލެވިފައިވާ އުސޫލާއި އިވެލުއޭޝަން ކުރައިޓީރިއާ އާންމު ކުރެވިފައިވާނެއެވެ. ލޯނަށް އެދޭ ފޯމު މި އިދާރާއިންނާއި ރަށުކައުންސިލްތަކުގެ އިދާރާތަކުން ލިބެން ހުންނާނެއެވެ.

25 މުޙައްރަމް 1438

26 އޮކްޓޫބަރު 2016
ހޯދާ