މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ ދިވެހި އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތުގައި މަސައްކަތްކުރާނެ ތިރީގައި މިދަންނަވާ މަޤާމަށް ނުވަތަ މަސައްކަތަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ސިޓީ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: ކޮންސަލްޓެންޓް (ދިވެހި އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތް)

އަދަދު: 1 (އެކެއް)

ފެންވަރު ނުވަތަ ޝަރުޠު:

  • ޕްރޮޑަކްޝަން ފެސިލިޓީ ޑިޒައިންކުރުމާއި، ހިންގުމާއި ބެލެހެއްޓުމުގެ ދާއިރާގައި މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • ޕްރޮޑަކްޝަން ފެސިލިޓީތަކަށް ބޭނުންވާ މެޝިނަރީޒާއި އިކްއިޕްމަންޓްސް ހޯދުމާއި، އިންސްޓޯލްކުރުމާއި، ބެލެހެއްޓުމުގައި މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ޑިޒައިނިންގއާއި، ބްރޭންޑިންގއާއި، ޕެކޭޖިންގ ނުވަތަ ލޭބަލިންގ ދާއިރާއިން މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި، އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން.
  • އިނގިރޭސިބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން.

މަޤާމުގެ ޓަރމްސް އޮފް ރިފަރެންސް، މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބޭނެއެވެ. މި ވަޒީފާއަށް އެދި ސިޓީ ހުށަހަޅާއިރު، ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • މަޤާމާ ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާޞާއެއް ސިޓީގައި ހިމެނިފައިވާންވާނެއެވެ.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓުފިކެޓެއްނަމަ، އެކްރެޑިޓްކުރެވިފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ)،
  • ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީ
  • ކުންފުންޏަކުން ކުރިމަތިލާނަމަ، ރަޖިސްޓްރޭޝަނުގެ ކޮޕީއާއި، ކުންފުނީގެ ޕްރޮފައިލެއް ހިމަނާފައި އޮންނަންވާނެއެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ނުވަތަ ކުންފުނިތަކުން، ޓަރމްސް އޮފް ރިފަރެންސްގައިވާ ގޮތުގެ މަތިން، 9 ނޮވެންބަރު 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅާނަމަ، [email protected] އަށް މެއިލްކުރުން އެދެމެވެ.

ސިޓީއުރައިގެ ބޭރުގައި "ދިވެހި އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތުގެ ވަޒީފާއަށް އެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި، ވަޒީފާއަށް އެދި ސިޓީ ހުށަހަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު: 3333143، 3333124, 3333160 (960)+

އީމެއިލް: [email protected]

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

‏25 މުޙައްރަމް‏ 1438

26 އޮކްޓޫބަރު 2016
ހޯދާ