މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މި މިނިސްޓްރީއަށް، ތިރީގައިވާ ކޮންޓްރެކްޓް މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

1. މަޤާމު:

އިކޮނޮމިކް އެފެއާޒް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ނަންބަރު:

150776

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް

އެމް.އެސް 2

މަޤާމުގެ ކޮންޓްރެކްޓުގެ މުއްދަތު

18 މަސް ދުވަސް

މުސާރައާއި ޢިނާޔަތްތައް

 

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

ބިޒްނަސް ރަޖިސްޓްރޭޝަން ސެކްޝަން/ ފޮރިން އިންވެސްޓްމަންޓް ރަޖިސްޓަރީ ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

1. ރާއްޖޭގައި އިންވެސްޓްކުރުމާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް މިނިސްޓްރީއަށް އަންނަ ފަރާތްތަކަކާ ބައްދަލުކޮށް މަޢުލޫމާތު ފޯރުކޮށްދިނުން.

2. ފޮރިން އިންވެސްޓްމަންޓް އަދި ފޮރިން ކޮންޓްރެކްޓަރ ރަޖިސްޓަރީކުރުމަށް ހުށަހެޅޭ އެޕްލިކޭޝަން ބަލައިގަތުން އަދި އިވެލުއޭޝަން ޗެކްކޮށް އެޕްރޫވަލްއަށް ފޮނުވުން

3. ރަޖިސްޓަރީ ކުރެވޭ ފޮރިން އިންވެސްޓްމަންޓް އަދި ފޮރިން ކޮންޓްރެކްޓަރުގެ ރަޖިސްޓަރީ އަޕްޑޭޓްކޮށް ބެލެހެއްޓުން

4. ދިވެހިރާއްޖެ އިންވެސްޓްމަންޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި މާކެޓް ކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ އެކިއެކި ފެއަރގައި ބައިވެރިވުން.

5. ރާއްޖޭގެ އެކި މިނިސްޓްރީން/ އޮފީސްތަކުން ފޮރިން އިންވެސްޓްމަންޓާ ބެހޭގޮތުން ބާއްވާ ސެމިނަރ/ވާރކްޝޮޕް/މީޓިންތަކުގައި މިނިސްޓްރީ ތަމްސީލުކުރުން.

6. ފޮރިން އިންވެސްޓްމަންޓުގެ ޤާނޫނާއި ގަވާއިދަށް ގެންނަންޖެހޭ އިޞްލާޙެއްވާނަމަ، އެ މަސައްކަތުގައި ބައިވެރިވުން.

7. ފޮރިން އިންވެސްޓްމަންޓްތަކާ ބެހޭގޮތުން ސޮއިކުރެވޭ އެގްރީމެންޓްތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުމުގެ ކަންތައްތައް ކުރުވުމާއި ބެލެހެއްޓުން.

8. ފޮރިން އިންވެސްޓްމަންޓް އެގްރީމެންޓް އަދި ފޮރިން ކޮންޓްރެކްޓަރ އެގްރީމެންޓުގެ މުއްދަތު ހަމަވޭތޯ ބަލައި، މުއްދަތު ހަމަވުމުން މުއްދަތު އިތުރުކޮށްދިނުމުގެ މަސައްކަތް ކުރުން.

9. ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކުން ކޮންމެ އަހަރެއް ނިމުމުން ޕަރފޯމަންސް ރިޕޯޓެއް ތައްޔާރު ކުރުވުން.

10. އެކިއެކި މިނިސްޓްރީން ރާވައި ހިންގާ މަޝްރޫޢުތަކުގައި، ވިޔަފާރި ތަރައްޤީ ކުރުމާއި، ޕްރޮޖެކްޓް އިވެލުއޭޓް ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ތަމްސީލުކުރުން.

11. ސެކްޝަންގެ އެނުއަލް ޕްލޭން، ބަޖެޓް އަދި އަހަރު ރިޕޯޓް ތައްޔާރުކުރުވުން.

12. ރީ-އެކްސްޕޯޓް ކުރުމަށް ހުއްދަ ދޫކުރުމާއި، ބަންކަރިންގއަށް ހުއްދަ ދިނުމާބެހޭ ހުރިހާ ކަމެއް ބެލެހެއްޓުން.

13. ޑިއުޓީ ފްރީ ފިހާރަތައް ހިންގުމަށް ހުއްދަ ދިނުމާބެހޭ ކަންތައްތައް ބެލެހެއްޓުން.

14. ޔުނިޓަށް ހަވާލުވެފައިވާ މަސައްކަތްތަކާ ގުޅުންހުރި ކަންކަން ސެކްޝަން ހެޑްގެ ބެލުމުގެ ދަށުން ސުޕަވައިޒް ކުރުން

15. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލުކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު:

ތަޢުލީމީ ފެންވަރު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސްގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސްގެ ދާއިރާއިން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި ނުވަތަ 2 ހަފުތާގެ ތެރޭގައެވެ.

- އިންޓަވިއުއަށް ކިޔަނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަވިއުގެ އިތުރުން، ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާ ގުޅޭ މަޢުލޫމާތު އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު، 2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ 13.30 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން ނުވަތަ [email protected] އަށް މެއިލްކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

- ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ރާއްޖެއިން ބޭރުގެ ސެޓުފިކެޓެއްނަމަ އެކްރެޑިޓްކުރެވިފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ، ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ.

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތްކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނސްޓްރީގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.trade.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި މިނިސްޓްރީގެ 3333160 ނަންބަރު ފޯނާ ގުޅުމުން ނުވަތަ [email protected] އަށް އީމެއިލްކުރުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

30 މުޙައްރަމް 1438

31 އޮކްޓޫބަރު 2016
ހޯދާ