މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ، ޕްލޭނިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ 2 މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމް: އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ (ބޭނުންވާ އަދަދު: 1)
     ޕްލޭނިންގ އޮފިސަރ (ބޭނުންވާ އަދަދު: 1)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

އޮފީސް/ އިދާރާ: މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ

ސެކްޝަން: -

ވަޒީފާ އަދާކުރާ ތަން: މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ

މުސާރަ: މަހަކު -/6،295 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މި ދެ މަޤާމާ ގުޅޭ ދާއިރާގެ ސެޓުފިކެޓުގެގޮތުގައި، އައިޓީ ދާއިރާ، ޓީޗިންގެ ދާއިރާ، ބިޒްނަސް ދާއިރާ، ހިއުމަން ރިސޯސަސްގެ ދާއިރާ، އެކައުންޓިންގ ދާއިރާގެ ސެޓުފިކެޓު ބެލޭނެއެވެ.

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކައުންސިލަށް އާމްދަނީ ލިބޭނެ މަގުތައް ހޯދައި، ރެކޯޑްކުރުން (ދިރާސާކޮށް ބެލުން)

2. އާންމު ރައްޔިތުންނަށް އާމްދަނީގެ ފުރުޞަތު ތަނަވަސްވާނެ މަގުތަށް ހޯދާ ރެކޯޑްކުރުން (ދިރާސާކުރުން)

3. ރަށުގައިހުރި އިޤްތިޞާދީ ފުރުޞަތުތައް ފާހަގަކޮށް، އިންވެސްޓަރުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

4. ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްޤީކުރުމަށްޓަކައި ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުން.

5. ކައުންސިލުން ހަދާ އެކިއެކި މަޝްރޫއުތަކާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

6. ކައުންސިލަށް އާމްދަނީ ލިބޭ ކަންތައްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.

7. ވިޔަފާރި ރަޖިސްޓްރީކުރުމާއި އުވާލުމުގެ މަސައްކަތްތައް ކުރުން.

8. ކުއްޔަށް ދޫކުރާ އިމާރާތްތަކުގެ ކަންތައްތައް ބެލެހެއްޓުން.

9. ކުއްޔަށް ދޫކުރާ ބިންބިމުގެ ކަންތައްތައް ބެލެހެއްޓުން.

10. ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ފޮނުވަންޖެހޭ ރިޕޯޓްތައް (ރަށުން ބޭރުކުރެވުނު ދަނޑުވެރިކަމުގެ ތަކެތީގެ ރިޕޯޓު، ރަށުގައި އުފައްދާ ދަނޑުވެރިކަމުގެ ތަކެތީގެ ރިޕޯޓު) ފޮނުވުން.

11. މަސައްކަތާ ގުޅުންހުރި މަސައްކަތަށް ބޭނުންވާ ތަކެތި (ސްޓޮކް) ހޯދުމުގެ މަސައްކަތް ކުރުން.

12. މެއިލް ޗެކްކޮށް ބެލެހެއްޓުން.

13. ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅޭގޮތުން ފެކްސްކޮށް، މެއިލްކުރި ތަކެތި ލިބުނުތޯ ކަށަވަރުކޮށް ބެލެހެއްޓުން.

14. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢާމަލީގޮތުން ބައިވެރިވުމާއ، އޮފީހުގެ މަސައްކަތު ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

15. މީގެ އިތުރުންވެސް، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ޕްލޭނިންގ އޮފިސަރުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ހިނގާ އަހަރުގެ ޑިސެންބަރުމަހުގެ 20 ވަނަ ދުވަހުގެ ކުރިން، ކައުންސިލުން އަންގަވާގޮތަކަށް، ކުރިޔަށް އޮތް އަހަރުގެ ލޭންޑް ޔޫޒް ޕްލޭން ތައްޔާރުކުރުން.

2. ލޭންޑް ޔޫޒް ޕްލޭން ތަންފީޒުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްކުރުމާއި، އެ މަސައްކަތް ބެލެހެއްޓުން.

3. ތަރައްޤީގެ ޕްލޭނާއި، ފައިނޭންސަލް ޕްލޭންތައް އެކުލަވައިލުމުގެ މަސައްކަތްކުރުމާއި، މަސްރޫޢުތައް ހިނގާނުހިނގާގޮތް ބެލެހެއްޓުން.

4- ކުރިޔަށް އޮތް އަހަރުގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝްލް ޕްލޭން، ހިނގާ އަހަރުގެ ތެރެއިން ކައުންސިލުން އަންގާ ތާރީޚަކަށް ނިންމުން.

5- ޕްލޭންތައް އެކުލަވައިލުމުގެ ކުރިން ކުރަންޖެހޭ ދިރާސާތައްކޮށް، ދިރާސާތަކުގެ ރިޕޯޓްތައް ކައުންސިލަށް ހުށަހެޅުން.

6. ޕްލޭންތައް ތަންފީޒުވަމުންދާ ނުދާގޮތުގެ ވޭތުވެދިޔަ މަހުގެ ރިޕޯޓް، ހިނގާމަހުގެ 10 ގެ ކުރިން ކައުންސިލަށް ހުށަހެޅުން.

7. ފައިނޭންޝަލް ޕްލޭނުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ ފައިސާ ލިބޭތޯ ބަލައި، ނުލިބޭނަމަ ލަފާކުރެވޭ ސަބަބު ބަޔާންކޮށް ކޮންމެ މަހަކު އެއްފަހަރު ރިޕޯޓެއް ހުށަހެޅުން. މިގޮތުން ވޭތުވެދިޔަ މަހުގެ ރިޕޯޓް، ހިނގާ މަހުގެ 10 ގެ ކުރިން ކައުންސލަށް ހުށަހެޅުން.

8- ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ބެހޭގޮތުން ޒިންމާދާރު ވެރިޔާއަށާއި، ކައުންސިލަށް ޖަވާބުދާރީވުން.

9- ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ބެހޭގޮތުން އިނގިރޭސިބަހުން ލިޔަންޖެހޭ ލިޔުން އިނގިރޭސިބަހުން ލިޔުން.

10. ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ބެހޭގޮތުން ދިވެހިބަހުން ހުންނަ ތަކެތި އިނގިރޭސިބަހަށް ތަރުޖަމާކުރުމާއި، އިގިރޭސިބަހުން ހުންނަ ތަކެތި ދިވެހިބަހަށް ތަރުޖަމާކުރުން.

ވަޒީފާތަކަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3. ލިބިފައިވާ ހުނަރު.

4. އިމްތިޙާނު

އިންޓަވިއު، އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި ދެ މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި އިންޓަވިއު އޮންނާނީ، 2016 ނޮވެންބަރު 13 ވާ އާދީއްތަ ދުވަހާއި 2016 ނޮވެންބަރު 17 ވާ ބުރާސްފަތި ދުވަހާ ދެމެދުގެ ތާރީޚެއްގައި، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށާއި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ، 2016 ނޮވެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14.00:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް، އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

އުޖޫރައާއި ޢިނާއަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރައިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، ހޮވިފައިވާ ވަޒީފާއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ތަޢުލީމް ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، އަދާކޮށްފައިވާ މަސްއޫލިއްޔަތު އެނގޭނެ ލިޔުމެއް)

5. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6560015 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ، [email protected] އަށެވެ.

26 މުޙައްރަމް 1438

27 އޮކްޓޫބަރު 2016
ހޯދާ