ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޝަރީޢަތްކުރާ އަށްޓާއި ޚަސްމުންގެ މޭޒުތަކުގައި ބިއްލޫރި އަޅައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޝަރީޢަތް ކުރާ އަށްޓާއި ޚަސްމުންގެ މޭޒުގައި ބިއްލޫރި އަޅައިދޭނެ ފަރާތެއް ހޯދުމަށް

މިކޯޓުގެ 3 ޝަރީޢަތްކުރާ ކޮޓަރީގެ ޝަރީޢަތްކުރާ އަށްޓާއި ޚަސްމުންގެ މޭޒުތަކުގައި ބިއްލޫރި އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 13:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 13:00 ގައެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ބަލައިގަތުމަށްފަހު، ހަމަ އެގަޑީގައި އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި އަންދާސީހިސާބު ކެނޑުން ބޭއްވޭނެއެވެ. ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަމިއްލަ ވިޔަފާރި ނުވަތަ ކުންފުނި ރަޖިސްޓަރިކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ މި ފުރުޞަތުގައި ދެންނެވީމެވެ.

24 މުޙައްރަމް 1438

25 އޮކްޓޫބަރު 2016
ހޯދާ