ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
ފާޚާނާއެއް ބިނާކުރަން ބޭނުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ޕްރީސްކޫލް ދަރިވަރުން ބޭނުންކުރުމަށް ފާޚާނާއެއް ބިނާކުރަން ބޭނުންވެއެވެ.

ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސެޝަނުގައި ބައިވެރިކުރުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ސިޓީއަކުން ސްކޫލަށް އަންގަންވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދަންނަވަމެވެ. އަދި ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިގެން ހިންގާ ވިޔަފާރިތައް ނޫން އަމިއްލަ ފަރުދުންނަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

22 މުޙައްރަމް 1438

23 އޮކްޓޫބަރު 2016
ހޯދާ