ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
ޑިސްޓްރިބިއުޝަން ބޯޑެއް ހަރުކޮށް ވައިރު ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ހަރުގެ ވައްތަރަށް ބިނާކޮށްފައިވާ އިމާރާތުގައި ޑިސްޓްރިބިއުޝަން ބޯޑެއް ހަރުކޮށް ވައިރު ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި ސްކޫލުން ދޭ މައުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސެޝަނުގައި ބައިވެރިކުރުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ސިޓީއަކުން ސްކޫލަށް އަންގަންވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދަންނަވަމެވެ. އަދި ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިގެން ހިންގާ ވިޔަފާރިތައް ނޫން އަމިއްލަ ފަރުދުންނަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

22 މުޙައްރަމް 1438

23 އޮކްޓޫބަރު 2016
ހޯދާ