މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިނިސްޓްރީ  އޮފް  އިކޮނޮމިކް  ޑިވެލޮޕްމަންޓުގެ ދަށުން  ޤާއިމްކުރެވިފައިވާ  ބިޒްނަސް  ޑިވެލޮޕްމަންޓް  ސަރވިސް  ސެންޓަރ (ހދ. ކުޅުދުއްފުށި ބީ.ސީ) ގެ، ތިރީގައިމިވާ  މަޤާމަށް  ކުރިމަތިލާން  އެދޭ  ފަރާތްތަކުން  ސިޓީ  ހުށަހެޅުމަށް  ފުރުޞަތު  ހުޅުވައިލަމެވެ. މި މަޤާމާބެހޭ މަޢުލޫމާތާއި، ބީ.ޑީ.އެސް.ސީ އާ ގުޅޭ މަޢުލޫމާތު، މި މިނިސްޓްރީގެ www.trade.gov.mv ގެ ވެބްސައިޓުގައިވާ ޓާރމްސް އޮފް ރިފަރެންސުގައި ބަޔާންކުރެވިފައިވާނެއެވެ.   

ހދ. ކުޅުދުއްފުށި ބީ.ސީ އަށް

1 (އެކެއް) ޓްރެއިނިންގ ކޯޑިނޭޓަރ

ސުންގަޑި:

މި  މަޤާމަށް  ޝައުޤުވެރިވާ  ފަރާތްތަކުން،  ޓާރމްސް  އޮފް ރިފަރެންސުގައިވާ ގޮތުގެ މަތިން،  6  ނޮވެންބަރު  2016  ގެ 13:00  ގެ  ކުރިން،  ވަޒީފާއަށް  އެދޭކަން  ބަޔާންކޮށް،  ސިޓީއާއި  އެހެނިހެން  ލިޔެކިއުންތައް،  ތިރީގައިވާ  އެޑްރެހަށް  ހުށަހެޅުން  އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅާނަމަ، [email protected] އަށް މެއިލްކުރުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

- މަޤާމާ ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާޞާއެއް ސިޓީގައި ހިމެނިފައިވާންވާނެއެވެ.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)

- ކުރިން މަސައްކަތްކުރި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ.

އިންޓަވިއު:

މި މަޤާމަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށް ހަމަޖެހިފައިވަނީ ބީ.ޑީ.އެސް.ސީ ޤާއިމްކުރާ ރަށުގައެވެ. މާލޭގައިނަމަ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައެވެ. މިނިސްޓްރީއަށް މި ވަޒީފާތަކަށް އެދިސިޓީހުށަހަޅުއްވާއިރު ތިރީގައި ބަޔާންވެފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

ވަޒީފާއަށް އެދި ސިޓީ ހުށަޅަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު: 3333143,3333160، 3333124 (960)+

އީމެއިލް: [email protected]

އިތުރު މަޢުލޫމާތު:

- މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް، މި މިނިސްޓްރީގެ http://www.trade.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

- ސިޓީއުރައިގެ ބޭރުގައި 'ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރުގެ ވަޒީފާއަށް އެދި' މިހެން ލިޔެފައި އޮންނަންވާނެއެވެ.

- މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3333143 ނަންބަރު ފޯނަށް، ނުވަތަ 3333160 ނަންބަރު ފޯނަށް، ނުވަތަ 3333124 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. 

23 މުޙައްރަމް 1438

24 އޮކްޓޫބަރު 2016
ހޯދާ