ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރީގެ ދަފުތަރުގައި ރަޖިސްޓަރީކުރުމުގެ ފުރުޞަތު ހުޅުވައިލުން

އިޢުލާން

ވިޔަފާރީގެ ދަފުތަރުގައި ރަޖިސްޓަރީކުރުމުގެ ފުރުޞަތު ހުޅުވައިލުން

ތިނަދޫގައި މިހާތަނަށް ކުރަމުން އަންނަ އެންމެހައި ވިޔާފާރިތަކުގެ ދަފުތަރެއް އެކުލަވައިލުމަށް މި އިދާރާއިން ބޭނުންވެއެވެ. މިގޮތަށް ހަމަޖެއްސީ މި އިދާރާއިން ކުރަމުންގެންދާ އެކިއެކި މަސައްކަތްތަކުގައި އަގު ހުށަހެޅުމުގެ ފުރުޞަތު ހަމަހަމަ އުސޫލަކުން އެންމެހައި ފަރާތްތަކަށް ލިބިދިނުމުގެ މަޤުޞަދުގައެވެ.

ވީމާ، ތިނަދޫގައި ވިޔަފާރީގެ އުސޫލުންކުރާ އެންމެހައި މަސައްކަތްތައް ދަފުތަރުކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލަމެވެ. އަދި 1 ނޮވެންބަރު 2016 މި ތާރީޚުން ފެށިގެން، އަގު ހޯދައިގެން މި އިދާރާއިން ކުރާ އެންމެހައި މަސައްކަތްތައް ކުރަމުންދާނީ މި އެކުލަވައިލާ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކުގެ އަގު ހޯދައިގެން ކަމުގައި ދެންނެވީމެވެ.

ދަފުތަރުގައި ނަން ނޯޓުކުރުމުގެ މަސައްކަތް، ރަސްމީ ގަޑީގައި މި އިދާރާގެ ރިސެޕްޝަނުން ކުރިއަށް ގެންދާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

17 މުޙައްރަމް 1438

18 އޮކްޓޫބަރު 2016
ހޯދާ