އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2013 ގެ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ޢާންމު ކުރުން

2013 ސެޕްޓެންބަރު 07  ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 2013 އަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު 22 އޯގަސްޓު 2013 ވީ ބުރާސްފަތި ދުވަހު ވަނީ ޢާންމުކޮށްފައެވެ. މި ލިސްޓު މި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ފެންނަން ހުންނާނެއެވެ. އަދި 1414 އަށް ގުޅައިގެން ނުވަތަ އެސް.އެމް.އެސް ފޮނުވައިގެން ވެސް ލިސްޓުގައިވާ މަޢުލޫމާތު ޗެކްކުރެވޭނެއެވެ.

އަދި ދަންނަވަމެވެ. ކޮންމެ ރަށެއްގައި، އެރަށެއްގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު ފެންނަން ހުންނާނެއެވެ. އަދި މާލޭގައި ވޯޓުލާ މީހުންގެ ލިސްޓު ރިޔާސީ އިންތިޚާބު 2013 ގެ ރަޖިސްޓްރޭޝަން މައި މަރުކަޒު (މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ބިލްޑިންގ ގެ ދެކުނުފަރާތުގައި، ކުރީގެ ގޯޑައުން ހިންގި އިމާރާތް) ގައި ފެންނަން ހުންނާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

26  ޝައްވާލް  1434

02 ސެޕްޓެންބަރު 2013
ހޯދާ