މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރީ ސްކޫލް ކުދިން ގްރޭޑް 1 ބަދަލުވުމާއި، ގްރޭޑް 7 ން 8 ށް ބަދަލުވާ ކުދިންނާގުޅޭ

އިޢުލާން

މާލެއާއި، ހުޅުމާލެއާއި، ވިލިނގިލީގެ ޕްރީ ސްކޫލްތަކުން ގްރޭޑް 1 އަށް ބަދަލުވާ ކުދިންނާއި ގްރޭޑް 7 އިން ގްރޭޑް 8 އަށް ބަދަލުވާ ކުދިން މާލެއާއި، ހުޅުމާލެއާއި، ވިލނގިލީގެ ސްކޫލްތަކުގައި ރަޖިސްޓަރީކުރުމުގެ މަސައްކަތް މިހާރު މި ދަނީ މި މިނިސްޓްރީން ކުރަމުންނެވެ.

މީގެ އިތުރުން 2017 ވަނައަހަރު މާލެއާއި، ހުޅުމާލެއާއި، ވިލިނގިލީގައި ހުންނަ ސަރުކާރުގެ ސްކޫލްތަކަށް އަލަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން، 2017 ވަނަ އަހަރު މާލެއާއި، ހުޅުމާލެއާއި، ވިލިނގިލީގެ ސަރުކާރު ސްކޫތަކަށް ދަރިވަރުން ވައްދަން އެދޭ ފޯމު، ފުރިހަމަ ކުރެއްވުމަށްފަހު 2016 ނޮވެންބަރު 5 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ހުށަހަޅުއްވާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ. މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން މި މިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3323262 ނަންބަރު ފޯނާއެވެ.

12 އޮކްޓޫބަރު 2016
ހޯދާ