މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ ސްކޫލް އެކްޓިވިޓީޒް ކަލަންޑަރު އެކުލަވައިލުމާބެހޭ

އިޢުލާން

2017 ވަނަ އަހަރުގެ ސްކޫލް އެކްޓިވިޓީޒް ކަލަންޑަރު އެކުލަވައިލުމާބެހޭ

2017 ވަނަ އަހަރު ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ޙަރަކާތްތައް ހިމަނަން ބޭނުންވާ ފަރާތްތަކަށް، ކަލަންޑަރުގައި ޙަރަކާތްތައް ހިމެނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. ކަލަންޑަރުގައި ޙަރަކާތްތައް ހިމެނުމަށް އެދި ހުށަހަޅާނީ، "2017 ވަނަ އަހަރު ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ޙަރަކާތް ހިމެނުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް" ގައިވާ ފޯމެޓަށެވެ. މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓު، www.moe.gov.mv އިން ލިބެން ހުންނާނެއެވެ.    

ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ޙަރަކާތްތައް ހިމެނުމުގައި ބަލާނީ، އެ ޙަރަކާތެއްގެ ސަބަބުން ދަރިވަރުންނަށް އަންނާނެ ހެޔޮބަދަލުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހުއެވެ. އެގޮތުން އެ ޙަރަކާތެއްގެ ސަބަބުން؛ މަޢުލޫމާތު، ހުނަރު، ޖިސްމާނީ ދުޅަހެޔޮކަން، ނަފުސާނީ ތަރައްޤީ އަދި އަޚުލާޤީގޮތުން ދަރިވަރުންނަށް ކުރާނެ މަންފާއަށް ރިޢާޔަތްކުރެވޭނެއެވެ. މި ކަންތައްތަކަށް ބެލުމަށްފަހު، ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ޙަރަކާތްތައް ތާވަލުކުރާނީ ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތަކަށް ދަރިވަރުންގެ އިމުތިޙާނުތަކުގެ ތާރީޚަށްވެސް ބެލުމަށްފަހުގައެވެ.

ވީމާ "ސްކޫލް އެކްޓިވިޓީޒް ކަލަންޑަރު 2017" ގައި ޙަރަކާތްތައް ހިމަނަން ބޭނުންވާ ފަރާތްތަކުން 2016 ނޮވެންބަރު 13 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް (މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ހުށަހެޅުމަށް ދަންނަވަމެވެ.          

10 މުޙައްރަމް 1438

11 އޮކްޓޫބަރު 2016
ހޯދާ