ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައުސިންގ ޔުނިޓްތަކަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

ގއ. ވިލިނގިލީގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ބީ ކެޓަގެރީގެ ފޯމު ދޫކުރުމާބެހޭ:

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގުރާމުގެ ދަށުން މިރަށުގައި ޢިމާރާތްކުރެވިފައިވާ 52 ހައުސިންގ ޔުނިޓަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލެވުނު ފުރުޞަތުގެ މުއްދަތު ހަމަވިއިރު ފޯމު ހުށަހެޅުމަށް ފުރުޞަތު ލިބިފައިނުވާ ވިލިނގިއްޔަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތައް ތިބުމާއެކު އެފަރާތްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. އެހެންކަމުން، ވިލިނގިއްޔަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން 2016 އޮކްޓޫބަރު 9 ވާ އާދީއްތަދުވަހުން ފެށިގެން 2016 އޮކްޓޫބަރު 17 ވާ ހޯމަދުވަހުގެ 12:00ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ހައުސިންގ ޔުނިޓްތައް ދޫކުރާ އުސޫލު މި އިދާރާއިން ލިބެން ހުންނާނެއެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން، މި އިދާރާގެ ޕްރޮޖެކްޓް އޮފިސަރ ވިޝާލް މުޙައްމަދު (7707067) އަށް ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06 އޮކްޓޫބަރު 2016
ހޯދާ