މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދުންފަތުގެ ބާވަތްތަކުގައި ޖެހުމަށް ބޭނުންވާ ލޭބަލް ފަރުމާކުރުމާގުޅޭ

އިޢުލާން

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ބަންދުކުރާ އިރު ޖަހަންޖެހޭ ލޭބަލް، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދޭ މަޢުލޫމާތާ އެއްގޮތަށް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ (ނަންބަރު: ((IUL)452-NNCD/452/2016/7 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެކަށީގެންވާ ވަގުތު ދެވިފައި ނުވާތީ އެ އިޢުލާނު ވަނީ ބާޠިލު ކުރެވިފައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 17 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް ރޯޝަނީ ބިލްޑިންގގެ ހަތްވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 އަށް ރޯޝަނީ ބިލްޑިންގގެ ހަތްވަނަ ފަންގިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހަޅުއްވައި ދެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެންނެވި ބޭފުޅުންނަށް އެކަނި ކަމުގައިވެސް ދެންނެވީމެވެ.

12 އޮކްޓޫބަރު 2016
ހޯދާ