މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
2017 ވަނަ އަހަރު ޕްރީސްކޫލަށް ދަރިވަރުން ވެއްދުމާ ގުޅޭ

އިޢުލާން

2017 ވަނަ އަހަރު ޕްރީސްކޫލަށް ދަރިވަރުން ވެއްދުމާ ގުޅޭ:

2017 ވަނަ އަހަރުން ފެށިގެން ޕްރީސްކޫލް މަރުޙަލާއަށް މި ސްކޫލްގައި ކިޔަވައިދިނުމަށް ހަމަޖެހުމާ ގުޅިގެން އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީއަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މި ގްރޭޑްތަކަށް ދަރިވަރުން ވައްދަން އެދޭ ފޯމު، 2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުން ފެށިގެން ސްކޫލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.  

ވީމާ، 2016 އޮކްޓޫބަރ 20 ވާ ބުރާސްފަތިދުވަހުގެ 12:00 ގެ ކުރިން 2017 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީއަށް ދަރިވަރުން ވައްދަން އެދޭ ފޯމު ފުރިހަމަކުރުމަށްފަހު މި ސްކޫލަށް ހުށަހެޅުމަށް ދަންނަވަމެވެ.

މި ފޯމު ދޫކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 ށެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނަންބަރު 3390635، 3390634 ފޯނަށް ގުޅުއްވުން އެދެމެވެ.

ފެކްސް: 3390636، އީމެއިލް އެޑްރެސް: [email protected]

8 މުޙައްރަމް 1438

09 އޮކްޓޫބަރު 2016
ހޯދާ