މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މާލޭ އިންގްލިޝް ސްކޫލް (އެމް.އީ.އެސް) ހިންގި ޢިމާރާތުގައި ހުރި ތަކެތި ހުސްކުރުމާބެހޭ

އިޢުލާން

މާލޭ އިންގްލިޝް ސްކޫލް (އެމް.އީ.އެސް) ހިންގި ޢިމާރާތުގައި ހުރި ތަކެތި ހުސްކުރުމާބެހޭ

މާލޭ އިންގްލިޝް ސްކޫލް ހިންގި ޢިމާރާތުގައި، އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށްޓަކައި 2009 ޑިސެންބަރު 28 ވަނަ ދުވަހު މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މާލޭ ހައި ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުން ވަނީ 2015 މާރިޗު 3 ވަނަ ދުވަހު ނިމުމަކަށް ގެނެސްފައެވެ. އެހެންކަމުން، މާލޭ އިންގިލިޝް ސްކޫލް ހިންގި އިމާރާތުގައި، މާލޭ ހައި ޕްރައިވެޓް ލިމިޓެޑްގެ ނުވަތަ އަމިއްލަ އެހެން ފަރާތްތެއްގެ އެއްވެސް މުދަލެއް ނުވަތަ ތަކެއްޗެއް ހުރި ނަމަ އެ މުދާ ނުވަތަ އެ ތަކެތި 2016 އޮކްޓޫބަރު 12 ވަނަ ދުވަހުން ފެށިގެން 5 ދުވަހުގެ ތެރޭގައި ގެންދެވުމަށް އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ. އަދި މި މުއްދަތުގެ ފަހުން ނުގެންގޮސް ހުރި ތަކެތި ނީލަމުގައި ވިއްކާލެވޭނެ ކަމުގައި ދަންނަވަމެވެ.      

11 އޮކްޓޫބަރު 2016
ހޯދާ