ޣާޒީ ސްކޫލް
ދިވެހިރާއްޖެ
LKG އަދި UKG ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅޭ

ޣާޒީ ސްކޫލުގައި ޕްރީސްކޫލް އުފެއްދުން

ޕްރީސްކޫލް ތަޢުލީމުގެ މަރުޙަލާއަކީވެސް ރަސްމީ ތަޢުލީމު ދޭ ސްކޫލްތަކުގެ ތެރެއިން ފޯރުކޮށްދޭން މަރުޙަލާއެއް ކަމުގައި ނިންމަވާފައިވާތީ، 2017 ވަނަ އަހަރު މި ސްކޫލުގައި އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ގެ ކްލާސްތައް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، 2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ 12:00 ގެ ކުރިން "2017 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު މި ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މި ފޯމު، 2016 އޮކްޓޫބަރު 11 ވާ އަންގާރަދުވަހުން ފެށިގެން މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

10 އޮކްޓޫބަރު 2016
ހޯދާ