އދ. އޮމަދޫ ސްކޫލް
ދިވެހިރާއްޖެ
ސީލިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސްޓާފްރޫމް ހިމެނޭ ޢިމާރާތުގެ ބޭރުފަރާތުގެ ސީލިންގ މަރާމާތުކުރުން:

މި ސްކޫލުގެ ސްޓާފްރޫމް ހިމެނޭ ޢިމާރާތުގެ ބޭރުފަރާތުގެ ސީލިންގ އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަތީގައި ދެންނެވިފައިވާގޮތަށް މިކަން ކޮށްދެވޭނެ ފަރާތްތަކުން 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި މި ސްކޫލުގެ ލައިބްރަރީގައި އޮންނަ މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 12:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

9 މުޙައްރަމް 1438

10 އޮކްޓޫބަރު 2016
ހޯދާ